twitterviber whatsapp telegramfacebookyoutube instagram
6th November 2025

ޓީމު ކުޅުދުއްފުށީ ފޭންސް ކުލަބުގެ ފަރާތުން ބޮޑު ބާބަކިއުއެއް

Aug 13, 2016

ޓީމު ކުޅުދުއްފުށީ ފޭންސް ކުލަބުގެ ފަރާތުން ރޭ ބޮޑު ބާބަކިއުއެއް ބާއްވައިފި އެވެ.

ރޭ ހދ އޭއީސީގެ ހޯލުގައި ބޭއްވި މި ބާބަކިއުގައި ޓީމު ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފަ އެވެ.

މި ރަސްމިއްޔާތުގައި އަބްދުއްރަޝީދު ސައީދު (އަބްސީ) ގެ ފަރާތުން ވަނީ ޓީމަށް ޖާޒީ ބައެއް ހަދިޔާ ކޮށްފަ އެވެ. އަދި މި ރަސްމިއްޔާތުގައި ސަޕޯޓަރުންނަށް ޖާޒީ ދޫކުރުންވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. ސަޕޯޓަރުންނަށް 200 ޖާޒީ ގެނެސްފައިވެ އެވެ.

މި ރަސްމިއްޔާތުގައި ސަން ޓީވީ އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގެ އިތުރުން ސަޕޯޓަރުންގެ ފަރާތުން ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ދެއްކުން އޮތެވެ. އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރިއެއް ކަމުގައިވާ އާދަމް އިލްހާމް އިސްމާއީލް (އިއްލެ) ވަނީ ކުޅުންތެރިންނާ މުހާތަބު ކޮށް ވާހަކަ ދައްކާފަ އެވެ.

މީގެ އިތުރުން ޓީމުގެ ފަރާތުން ޓީމުގެ ކެޕްޓަން އަސްވަދު ރަޝީދު (އަސްލޭ) ވާހަކަ ދައްކާފައިވާއިރު ސަޕޯޓަރުންގެ ފަރާތުން ވާހަކަ ދެއްކީ އަބްދުއްރަޝީދު ސައީދު (އަބްސީ) އެވެ.

މި ރަސްމިއްޔާތުގައި ކުޅުންތެރިންނާއި، އޮފިޝަލުން އަދި ސަޕޯޓަރުންގެ ފޮޓޯ ޝޫޓެއްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355