twitterviber whatsapp telegramfacebookyoutube instagram
14th August 2026

އުތީމުގަައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރަނީ

Aug 15, 2016

ހއ އުތީމުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރުމަށް ކައުންސިލުން ތައްޔާރުވެއްޖެއެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން އުތީމު ކައުންސިލްގެ ރައީސް އަސްރާރު އާދަމް ވިދާޅުވީ ޓޫރިސްޓް ހޮޓަލެއް އެޅުމަށް ދޫކުރަނީ 25463 އަކަމީޓަރުގެ ބިމެއްކަމަށެވެ. އަދި ބިން ދޫކުރަން ހަމަޖެހިފައިވަނީ އެރަށުގެ ހުޅަނގު އުތުރު ފަރާތުންނެވެ.

މިމަހު 20 ވަނަ ދުވަހުން ފެށިގެން ބީލަން ފޮތް ވިއްކަން ފަށާނެކަމަށް އަސްރާރު ވިދާޅުވިއެވެ. ދިވެހި ކުންފިންޏެއް ނަމަ ބީލަން ފޮތް ވިއްކަން ހަމަޖެހިފައިވަނީ 2000 ރުފިޔާއަށެވެ. އަދި ބޭރުގެ ކުންފުންޏެއް ނަމަ 3500 ރުފިޔާ އަށް ކަމަށް ވެސް އަސްރާރު ވިދާޅުވިއެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 18 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ބީލަން ފޮތް ކައުންސިލުން ގަންނަން ހުންނާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހަކީ ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހު ކަމަށް އަސްރާރު ވިދާޅުވެއެވެ. އަދި ބީލަން ހުޅުވުންވެސް އޮންނާނީ އެދުވަހު ކަމަށް އޭނާ ބުނެއެވެ.

ޓޫރިސްޓް ހޮޓާ އެޅުމަށް ދޫކުރާ ބިން ކުއްޔަށް ދޭން ކައުންސިލުން ނިންމާފައިވަނީ 50 އަހަރުގެ މުއްދަތަށެވެ. އަދި މި ބިމުގައި ތަރައްގީ ކުރަން ހަމަޖެހިފައިވަނީ 100 އެނދުގެ ޓޫރިސްޓް ހޮޓަލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355