twitterviber whatsapp telegramfacebookyoutube instagram
4th May 2024

ޖޮބް ފެއާ މަހިބަދޫއަށް ބަދަލުކުރީ ކުޅުދުއްފުށީ ކައުންސިލުން އެކަށީގެންވާ ތަރުހީބު ނުލިބުމުން: ޔޫތް މިނިސްޓްރީ

Aug 17, 2016

ކުޅުދުއްފުށިން އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުން، މިއަހަރު އުތުރުގެ އަތޮޅަކަށް އަމާޒުކުރި ކިއްސަރު ޖޮބްފެއާ ބޭއްވުމަށް ނިންމާފައިވަނީ އދ. މަހިބަދޫގައެވެ.

މަހިބަދޫގައި އަންނަ މަހުގެ ދެއަކުން ތިނަކަށް ބާއްވާ ޖޮބްފެއާ އާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާމިނަތު އުންމުކުލްސޫމް ވިދާޅުވީ އައްޑޫގައި މިއަހަރުގެ ފެބްރުއަރީ މަހު ކިއްސަރު ފެއާ ބޭއްވުމަށްފަހު ކުޅުދުއްފުށީގައި ފެއާ ބޭއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަ ކަމަށެވެ.

އެގޮތުން މިނިސްޓްރީގެ ޓީމެއް ކުޅުދުއްފުޓަށް ވަޑައިގެން ކައުންސިލާއި އެނޫންވެސް އެހެން ބައެއް ފަރާތްތަކާއި ބައްދަލު ކުރެއްވިކަމަށް އުންމުކުލްސޫމް ވިދާޅުވިއެވެ. އުންމުކުލްސޫމް ވިދާޅުވީ މިނިސްޓްރީން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ވިސްނަނީ މިނިސްޓްރީގެ ހަރަކާތެއް ނުބާއްވާ ސަރަހައްދުތަކަށް އިސްކަންދިމަށް ކަމަށާއި ކުޅުދުއްފުށިވެސް ޙިޔާރު ކުރީ އެފަދަ ގޮތަކަށް ކަމަށެވެ.

ޔޫތު މިނިސްޓްރީގެ މީޑިޔާ ކޯޑިނޭޓަރ ހުސައިން އަމީން ވިދާޅުވީ، ކުޅުދުއްފުށީގައި ފެއާ ބޭއްވުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީ ކައުންސިލާއި އެހެނިހެން ފަރާތްތަކުންވެސް މިނިސްޓްރީއަށް ޖަވާބުދީފައި ވަނީ ” ޖޮބްފެއާއަކަށް ވުރެ މުހިންމު ކަންކަން ރަށަށް ބޭނުންވާކަމަށް” އެފަދަ ގޮތަކަށް ކަމަށެވެ. ނަމަވެސް ސީދާ ކޮންކަންކަމެއް ކަން، ނުވަތަ ޔޫތު މިނިސްޓްރީގެ އިޙްތިސާސްގައި ހިމެނޭ ކަންކަން ކަމެއް އެއްވެސް ފަރާތުން ބުނެފައި ނުވާކަމަށް އަމީން ވިދާޅުވިއެވެ.

އެހެން ނަމަވެސް ކުޅުދުއްފުށީ ކައުންސިލުން އެކަން ދޮގުކުރޭ

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު  ކޭއޯ އަށް ވިދާޅުވީ ޖޮބް ފެއާ ކުޅުދުއްފުށީގައި ބާއްވަން ކައުންސިލުން ދެކޮޅު ހަދާފައި ނުވާނެ ކަމަށެވެ. އަލީ ވިދާޅުވީ   ޖޮބް ފެއަރގެ ކަންތަކުގައި މިނިސްޓްރީން ކައުންސިލާއި ހދ އަތޮޅު ކައުންސިލާ ބައްދަލުކުރި ކަމަށާއި އެބަދަލަުކުރެއްވުމުގައި މިސަރަހައްދަކީ ޖޮބް ފެއާ އާއި ތަފާތު ސާވޭ ތަކާއި ލުއި ޕްރޮގުރާމްތައް ސަރުކާރުން ބާއްވާ ސަރަހައްދެއްކަން ފާހަގަކުރެވޭ ކަމަށާއި އޭގެ ބަދަލުގައި މިސަރަހައްދުން ޒުވާނުންނަށް ފަހި ވަޒީފާތަކެއް އުއްފަދަން މިނިސްޓްރީ މަސައްކަތް ނުކުރައްވަނީ ކީއްވެތޯ ސުވާލުކުރެއްވި ކަމަށް އަލީ ވިދާޅުވި އެވެ.

” އަޅުގަނޑު ސުވާލުކުރި އެބޭފުޅުން މިސަރަހައްދަށް. މިއަތޮޅަށް ވަޒީފާގެ ފުރުސަތު ތަނަވަސްކުރުމަށް ސަރުކާރުގައި ދަންނަވައި، ވަކާލާތުކުރެއްވިން ތޯ. ޖޮބް ފެއާ ފަދަ އެކަމާ ގުޅުން ހުރި ޕްރޮގުރާމްތައް ބާއްވަން މިސަރަހައްދަށް ވަޑައިގަންނާވާއިރު” ކުޅުދުއްފުށީ ކައުންސިލްގެ ރައީސް

އަލީ ވިދާޅުވީ  އެއްވެސް ވަރަކަށް ޖޮބް ފެއާ ކުޅުދުއްފުށީގައި ބާއްވަން ދެކޮޅު ނުހައްދާވާކަމަށެވެ.

 

 

 

 

 

 

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355