twitterviber whatsapp telegramfacebookyoutube instagram
13th April 2026

ނޮޅިވަރަމް ކައުންސިލްގެ ރައީސްކަމަށް އަބްދުއްރަހީމް ހުސެން

Aug 15, 2016

ހދ ނޮޅިވަރަމް ކައުންސިލްގެ ރައީސްކަމަށް ނޮޅިވަރަމް ކައުންސިލްގެ މެމްބަރު އަބްދުއްރަހީމް ހުސެއިން އިންތިހާބުކޮށްފި އެވެ. މިއީ ނޮޅިވަރަމް ކައުންސިލުގެ ރައީސްކަމަށް ހައްޔަނުކުރެއްވި 3 ވަނަ ބޭފުޅާ އެވެ.

ރައީސްކަމުގެ މަގާމަށް އަބްދުއްރަހީމް އިންތިހާބުކޮށްފައިވަނީ އިއްޔެ ބޭއްވި އާއްމު ބައްދަލުވުމުގަ އެވެ. އަބްދުއްރަހީމް އިންތިހާބުކޮށްފައިވަނީ މި ބައްދަލުވުމުގައި ބައިވެރިވި 5 މެމްބަރުންގެ އިއްތިފާގުންނެވެ.

އެކައުންސިލްގެ ރައީސް ކަމުގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި އަބްދުﷲ ޝަރީފް އިސްތިއުފާ ދެއްވުމުންނެވެ.

އަބްދުﷲ ޝަރީފް ވިދާޅުވީ އިސްތިއުފާ ދެއްވީ އެއްވެސް މައްސަލައެއް އުޅޭތީ ނޫން ކަމަށާއި އެމަގާމު ފުރުމުގެ ފުރުސަތު އެހެން މެމްބަރަކަށް ދިނުމުގެ ގޮތުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355