twitterviber whatsapp telegramfacebookyoutube instagram
14th August 2026

އެދުރު ހިޔާ މަތީ ތައުލީމް ދޭ ކޮލެޖަކަށް ސެޕްޓެމްބަރުމަހު ބަދަލުވެގެންދާނެ

Aug 15, 2016

ކުޅުދުއްފުށީގައި މަތީ ތައުލީމް ވާދަވެރިގޮތެއްގައި ފޯރުކުރުކޮށްދިނުމަށް ކައުންސިލުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން އަންނަ ސެޕްޓެމްބަރުމަހު އެދުރު ހިޔާ ނުވަތަ ކުރީގެ އަމީރު އަމީން ސްކޫލު ހިންގި އިމާރާތް ކޮލެޖަކަށް ބަދަލުވެގެންދާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ އެދުރު ހިޔާގައި ކޮލެޖް ބަދަލުކޮށް، ހިންގުމަށް ބަޔަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިމަހުގެ ތެރޭގައި ސޮއެ ކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ފަރާތެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެ އިމާރާތުގައި މަތީ ތައުލީމުދޭ މަރުކަޒެއް ގާއިމުކޮށް، ހިންގުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ކައުންސިލުން އިއުލާންކުރުމާ ގުޅިގެން މުއްދަތު ހަމަވިއިރު ތިންފަރާތަކުން އެކަމުގެ ޝައުގުވެރިކަން ފާޅުކުރި އެވެ. އެއީ ވިލާ ކޮލެޖާއި އެވިޑް ކޮލެޖްގެ އިތުރުން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އެވެ.

ކައުންސިލް ރައީސް އަލީ މުހައްމަދު ވިދާޅުވީ ވާދަވެރި މާހައުލެއްގައި މަތީ ތައުލީމް ފޯރުކޮށް ދެވެން ފެށުމުން އެކަމުގައި ފަސޭހަ އާއި ލުއި ކުޅުދުއްފުށިގެ އިތުރުން މިސަރަހައްދުގެ ކިޔަވާ ކުދިންނަށް ލިބިގެންދާނެ ކަމަށެވެ. މިއީ މަތީ ތައުލީމް ކުޅުދުއްފުއްޓަށް ފުޅާކުރުމަށް ކައުންސިލުން ކުރި ވަރަށް ފަހި ކަމެއްގެ ގޮތުގައި ކައުންސިލުން ދެކެ އެވެ.

އެދުރު ހިޔާ އިމާރާތް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 25 އަހަރު ދުވަހަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355