ކުޅުދުއްފުށީގައި ކުޑަކުއްޖަކު ދުއްވި ސައިކަލަކުން ޖެހި ކުޑަކުއްޖަކަށް އަނިޔާވެއްޖެ އެވެ.
އިއްޔެ ވަރަށް ހަވީރު ހިންގި މިހާދިސާ އާ ބެހޭ ގޮތުން ފުލުހުން ބުނީ ސައިކަލް ދުއްވަން އިނީ ލައިސަންސް ނެތް އުމުރު 17 އަހަރުގެ ފިރިހެން ކުއްޖެ ކަމަށެވެ.
މިހާދިސާގައި ސައިކަލް ޖެހި އަނިޔާވެފައިވަނީ 4 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށެވެ. އެކުއްޖާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އެކުއްޖާގެ ނޭފަތް މަތި ޒަހަމްވެފައިވާ ކަމަށާއި ހާލު ސީރިއަސް ނޫން ކަމަށް އެކުއްޖާ ބެލި ޑޮކްޓަރުންނާ ހަވާލާދީ ހޮސްޕިޓަލުން ބުންޏެވެ.
ފުލުހުން ބުނީ މިމައްސަލަ ތަހްގީގްކުރަމުން އަންނަ ކަމަށެވެ.