twitterviber whatsapp telegramfacebookyoutube instagram
17th July 2025

ކުޅުދުއްފުށީ ލޯކަލް މާރުކޭޓް އަޅަނީ ހޮނިހިރު ބާޒާރު ސަރަހައްދުގަ

Aug 15, 2016

ޕީއެސްއައިޕީގެ ދަށުން ކުޅުުދުއްފުށީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ލޯކަލް މާރުކޭޓު އަޅަން ހަމަޖެހިފައިވަނީ މިހާރުވެސް އުތުރުގެ ގިނަ ދަނޑުވެރިންތަކެއް ޖަމާވެ ތަކެތި ވިއްކަން ތިބޭ ސަރަހައްދު ނުވަތަ ހޮނިހިރު ބާޒާރުގެ ސަރަހައްދުގަ އެވެ.

އެސް. ޖޭ ކޮންޝްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއަށް 3.09 މިލިއަން ހަރަދުކުރެ އެވެ

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ކޭއޯއަށް ވިދާޅުވީ ލޯކަލް މާރުކޭޓް އަޅަން ހަމަޖެހިފައިވާ ސަރަހައްދަކީ ކުޅުދުއްފުށީ ލޭންޑް ޔޫސް ޕްލޭންގައި ވެސް މާރުކޭޓް އެޅުމަށް އޮތް ބިމުގަ ކަމަށެވެ. އެއީ މިހާރު ހޮނިހިރު ބާޒާރު ކުރިއަށްދާ ސަރަހައްދުކަމަށް އޭނާ ވިދާޅުވި އެވެ.

މާރުކޭޓް އެޅުމަށް އެސަރަހައްދުން 140 ފޫޓް ދިގު 90 ފުޓް ފުޅަ ސަރަހައްދެއް ކަނޑައެޅި ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއު ރޭވިފައިވާގޮަތަށް ކުރިއަށްދާނަމަ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355