twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކުޅުދުއްފުށީ ޓީމަށް ސަޕޯޓްކުރުމަށް ހުރިހާ ރައްޔިތުން ރަތްކުލައިގެ ހެދުމެއްގައި ދަނޑަށް ދިއުމަށް ކައުންސިލުން ގޮވާލައިފި

Aug 15, 2016

މިހާރު ކުރިއަށްދާ މިނިވަން 50 ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ކުޅުދުއްފުށީ ޓީމަށް ސަޕޯޓުކުރުމަށް ހުރިހާ ރައްޔިތުން ރަތް ކުލައިގައި ހެދުމެއް ލައިގެން މާދަމާ ސްޓޭޑިއަމަށް ވަޑައިގަތުމަށް ކުޅުދުއްފުށީ ކައުންސިލުން އެދެފި އެވެ.

ކައުންސިލުން މިކަމަށް އެދިލެއްވީ ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ ހުރިހާ މުވައްސަސާތަކަށް މިއަދު ފޮނުވި ނޯޓެއްގަ އެވެ.

ކައުންސިލުގެ ރައީސް ސޮއެ ކުރައްވާ ފޮނުވާފައިވާ މި ނޯޓްގައި ބުނެފައިވަނީ ކުޅުދުއްފުށީ ޓީމަށް ސަޕޯޓު ކުރުމުގެ ގޮތުން މާދަމާ ހުރިހާ މުވައްސަސާތަކުގެ މުވައްޒަފުން އޮފީހަށް ވަޑައިގަންނަވާއިރު ރަތް ކުލައިގެ އެދުމެއްގައި ވަޑައިގެން ގުރޫޕު ފޮޓޯ ނަންގަވައި ފޭސްބުކް، ޓްވިޓާރ އަދި އިންސްޓަގްރާމްފަދަ ސޯޝަލް މީޑިއާގައި ޝެއާރ ކުރެއްވުމަކީ ސްޕޯޓަރުންނާއި ޓީމުގެ އެންމެހާ ކުޅުންތެރިންގެ އިތުރުން އޮޕިޝަލުންނާއި ކުޅުދުއްފުށީ އެންމެހާ ރައްޔިތުންގެ ނުހަނު ބޮޑު އެދުމެއް ކަމަށެވެ.

މީގެ އިތުރުން މާދަމާ މެޗުކުރިއަށްދާ ވަގުތު ސްޓޭޑިއަމަށް ވަޑައިގެން ޓީމަށް ތަރުހީބު ދެއްވުމަކީވެސް ނުހަނު ބޮޑު އެދުމެއް ކަމަށް މި ސީޓީގައި ވެއެވެ.

އަދި ކުޅުދުއްފުށީ ސަޕޯޓަރުން ދައްކަމުންގެންދާ ލާމަސީލު ނަމޫނާއަކީ މުޅި ގައުމުގެވެސް ސަމާލުކަމަށް އައިސްފައިވާ ނަމޫނާ ހަރަކާތެއްކަމަށް އެ ސިޓީގައި ފާހަގަ ކޮށްފައި ވެއެވެ.

މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ކުޅުދޫފުއްޓާއި ހަނިމާދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355