twitterviber whatsapp telegramfacebookyoutube instagram
13th September 2025

ރައީސް ވަހީދު ހަނިމާދޫ ޓީމާ ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި

Aug 15, 2016

ކުރީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަނިމާދޫ ޓީމާ ބައްދަލުކުރައްވައި، ޓީމަށް ހިތްވަރު ދެއްވައިފި އެވެ.

ރައީސް ވަހީދު ހަނިމާދޫ ޓީމާ ބައްދަލުކުރައްވައި ހިތްވަރު ދެއްވީ މިއަދު ހަވީރު ހަނިމާދޫ އެއާޕޯޓް ދަނޑުގަ އެވެ.

ރައީސް ވަހީދު ޓީމްގެ ކުޅުންތެރިނާ ބައްދަލުކުރައްވަނީ–

ރައީސް ވަހީދު މިއަދު ހަނިމާދޫ ޓީމްގެ ޕްރެކްޓިސް ކުރިއަށްދަނިކޮށް، ދަނޑަށް ވަޑައިގެން ޓީމުގެ ފަރިތަކުރު ވަނީ ބައްލަވައިލައްވާފަ އެވެ. އަދި ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރައްވައި ޓީމަށް ހިތްވަރު ދެއްވާފައި އެވެ.

މިއަދުގެ ޕްރެކްޓިކްސްއަށް ހަނިމާދޫ ޕޮލިހުންގެ ފަރާތުން ހަނިމާދޫ ޓީމަށް ދެއްވި ސައިފޮދެއްގައިވެސް ޓީމާއެކު ރައީސް ވަހީދުގެ ދެކަނބަލުން ވަނީ ބައިވެރިވެލައްވާފަ އެވެ.

މިނިވަން 50 ހދ ގެ މުބާރާތުގައި ހަނިމާދޫއާ ދެކޮޅަށް މާދަމާ ނިކުންނާނީ ކުޅުދުއްފުއްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355