twitterviber whatsapp telegramfacebookyoutube instagram
4th May 2024

ޝަހުދީ ހަނިމާދޫ ޓީމަށް ހިތްވަރު ދެއްވައި ކާމިޔާބިއަށް އެދިވަޑައިގެންފި

Aug 15, 2016

ރައްޔިތުން މަޖީލިހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ހަނިމާދޫ ޓީމަށް ހިތްވަރު ދެއްވައި ކާމިޔާބީއަށް އެދިވަޑައިގެންފި އެވެ.

ކޭއޯއަށް ދެއްވި އިންޓަވިއުގައި ޝަހުދީ ވިދާޅުވީ މިއަހަރުގެ މުބާރާތުގައި ވެސް ހަނިމާދޫގެ އެހެން ރައްޔިތުންނެކޭ ވެސް އެފަދައިން އެބޭފުޅާވެސް ހުންނެވީ ހަނިމާދޫ ޓީމުގެ ފަހަތުގައި ކަމަށެވެ.

“އުންމީދުކުރަނީ ވަރަށް ފުރިހަމަ ކާމިޔާބަކާއެކު ހަނިމާދޫ ޓީމް ދަނޑު ފޭބުން” ޝަހުދީ ވިދާޅުވި އެވެ.

ހަނިމާދޫ ޓީމު ހިތްވަރުކޮށް ރީތި ކުޅުމެއް ދަނޑުމަތީގައި ދައްކާ މޮޅާއެކު ނިންމާލުމަށް ޝަހުދީ ޓީމްގެ ކުޅުންތެރިންގެ ކިބައިން އެދިލެއްވި އެެވެ.

ޝަހުދީ ވިދާޅުވީ މާދަމާގެ މެޗަށް ހަނިމާދޫގެ ޓީމް ކުޅުދުއްފުއްޓަށް އަންނައިރު ކުޅުދުއްފުށީގެ ޓީމުގެ ފަހަތުގައި ވަރަށް ވަރުގަދަ ސަޕޯޓަރުންތަކެއް ތިބި އެނގޭ ކަމަށާއި އެހެންނަމަވެސް ޓީމް ހިތްވަރުކޮށް ހަނިމާދޫކޮޅަށް ނަތީޖާ ބުރަވެގެން ނިމޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހަނިމާދޫގެ ރައްޔިތުންނާ ގާތް ގުޅުމެއް ބަހައްޓާ މެމްބަރު ޝަހުދީ ވިދާޅުވީ މިހާތަނަށް ޓީމް ދެއްކި ކުޅުމާ މިހާރު މިއޮތް ސްކޮޑާ ދޭތެރޭ ކާމިޔާބީގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.

މިނިވަން 50 ގެ ހދ ބުރުގެ އެހެން މެޗުތައް ވެސް މިއަހަރު ދިޔައީ ވަރަށް ސުލުހަވެރިކަމާ އެކު ކަމަށާއި ހުރިހާ ޓީމުތަކުގެ ސަޕޯޓަރުންވެސް ޓީމުތަކަށް ސަޕޯޓްކޮށްފައިވަނީ ވަރަށް ވެސް ފުޓްބޯޅައިގެ ރޫހާ އެއްގޮތަށްކަން ޝަހުދީ ފާހަގަކުރެއްވި އެވެ.

އެހެން މެޗުތަކެކޭވެސް އެފަދައިން މާދަމާގެ މެޗުވެސް ސުލުހަވެރިކަމާ އެކު ކުރިއަށްގެންދެއްވުމަށް ދެ ޓީމުގެ ސަޕޯޓަރުންނާ ކުޅުންތެރިގެން ކިބައިން ޝަހުދީ އެދިލެއްވި އެވެ. އަދި އަބަދަލުވެސް ހދ އަތޮޅުގެ ރައްޔިތުން އެކަތިގަނޑެހެން އެކުވެރިކަން މަތީ ތިބުމަށްވެސް އެދިއްލެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355