twitterviber whatsapp telegramfacebookyoutube instagram
4th May 2024

ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށައިފި

Aug 16, 2016

ހދ ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށައިިފި އެވެ.

މިކަމަށްޓަކައި އިއްޔެ ނޭކުރެންދޫ ޕޮލިސް ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވާ ދެއްވީ އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ސާމީއެވެ.

ހދ. އަތޮޅުގައި ދެމުންދާ ފުލުހުންގެ ހިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރުމުގެ ހިދުމަތާއި އެކު ނޭކުރެންދޫގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަތަކެއް ވެގެންދާނެކަމަށާއި މި ހިދުމަތް ފެށިގެން ގޮސްފައިވަނީ ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްއާއި ނޭކުރެންދޫ ކައުންސިލްގެ އެހީތެރިކަމާއެކުގައިކަން އަހުމަދު ސާމީ ވިދާޅުވި އެވެ.

މި ހިދުމަތް ފެށުމުގެ ގޮތުން އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރުވަނީ ހދ. ނޭކުރެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސިޒާންއަށް ޕޮލިސް ރިޕޯޓް ހަވާލުކޮށްދެއްވާފައެވެ.

ޕޮލިސް ރިޕޯޓް ދޫރަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރާއި ނޭކުރެންދޫ ކައުންސިލްގެ ރައީސްގެ އިތުރުން ހދ. އަތޮޅު ކޮމާންޑަރު ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ނަސީމް އާއި ނޭކުރެންދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖާއި އެސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ކައުންސިލް މެމްބަރުންނާއި އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސަރު ބައިވެރިވެލެއްވިއެވެ.

މަކުނުދޫގެ އިތުުރުން ހދ އަތޮޅުގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކުން ޕޮލިސް ރިޕޯޓްގެ ހިދުމަތް މިހާރު ލިބެމުންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355