twitterviber whatsapp telegramfacebookyoutube instagram
6th November 2025

ރެޑްކްރެސެންޓް ހދ ކޯޑިނޭޓަރަކަށް ރޯޒޭ

Aug 16, 2016

މޯލްޑިވްސް ރެޑްކްރެސެންޑްގެ ހދ ގޮފީގެ ކޯޑިނޭޓަރަކަށް އަހުމަދު އަބްދުﷲ (ރޯޒޭ) ހަމަޖައްސަވައިފި އެވެ.

ހދ ގޮފީގެ ކޯޑިނޭޓަރެއް ހޯދުމަށް އިއުލާނުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އިއުލާންގައި ވާގޮތުން އެމަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެއްސަކަށް ވުމާ އެކު ދަށްވެގެން އޭލެވެލް ނުވަތަ އިންސާނިއްޔަތާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް ވާންޖެހެ އެވެ. ހަމައެއާ އެކު މެނޭޖްމެންޓާއި އިދާރީ ހިންގުމުގެ ދާއިރާގައި މަދުވެގެން އަހަރު ދުވަހުގެ ތަޖްރިބާ ހުރި ފަރާތްކަށް ވެސް ވާންޖެހެ އެވެ.

އެގޮތުން އިއްޔެއިން ފެށިގެން އަހުމަދު ވަނީ މި ވަޒީފާއަށް ނުކުންނަށް ފަށާފަ އެވެ. އޭނާ އަކީ މީގެ ކުރިން ތައުލީމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތެކެވެ.

މީގެ ކުރިން ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ލީޓިން ޓީޗާރ އަދި ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުވެސް ވަނީ އަހުމަދު ފުުރުއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355