twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކުޅުދުއްފުށީ އަންހެނުންގެ ކޮމެޓީގެ މެމްބަރުންނަށް ކައުންސިލުން އެލަވެންސެއް ހަމަޖައްސާދޭނަށް: އަލީ

Aug 16, 2016

މިއަދު އިފްތިތާހް ކުރެވިގެންދިޔަ ކުޅުދުއްފުށީގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ކޮންމެ މެމްބަރަކަށް ކައުންސިލުގެ ފަރާތުން އެލަވެންސެއް ހަމަޖައްސައި ދޭނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ވިދާޅުވެއްޖެ އެވެ.

އަންހެނުންގެ ކޮމެޓީ އިފްތިތާހްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ވިދާޅުވީ އަންހެން ކަނބަލުން ކުރައްވައި މަސައްކަތް ބަލައިގަނެ ހިތްވަރު ދޭން ޖެހޭ ކަމަށެވެ. އެގޮތުން މިއަދު އިންތިހާބުވި ކޮމެޓީގެ ނުވަ މެމްބަރުންނަށް ކައުންސިލުގެ ފަރާތުން ކޮންމެވެސް ވަރެއްގެ އެލަވަންސެއް ހަމަޖައްސައިދޭނެ ކަމަށް އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ އެލަވެންސް ހަމަޖައްސާނީ ކައުންސިލުން މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

 “ތިޔަ ކަނބަލުންނަށް ކޮންމެވެސް ވަރެއްގެ އެލަވަންސެއް ކައުންސިލުން ހަމަޖައްސައި ދޭނަށް” އަލީ މުހައްމަދު ވިދާޅުވި އެވެ.

މިފަހަރުގެ ކޮމެޓީ ގެނައުމަށްޓަކާ ކައުންސިލުން ވަރަށް ބުރަކޮށް މަސައްކަތް ކުރިކަމަށާއި ދެ ފަހަރަށް އިއުލާންކޮށްގެން ވެސް އެއްވެސް ބޭފުޅަކު ކުރިމަތި ނުލިކަމަށެވެ. އަލީ ވިދާޅުވީ ގިނަ ގޮންޖެހުންތަކަކާ އެކުވިޔަސް މިއަދު ކޮމެޓީ އެކުލަވާލެވި ދިއުމުން އުފާކުރައްވާ ކަމަށެވެ.

މުޖުތަމައު ކުރިއެރުމުގައި އަންހެނުންގެ ދައުރުގެ މުހިއްމު ކަމާ ބެހޭ ގޮތުން އަލީ ވަނީ މިޖަލްސާގައި ވާހަކަ ދައްކާވާފަ އެވެ.

ރަށުގެ ތަރައްގީއަށް ކައުންސިލުން ކުރާ ކަންތަކުގައި ކޮމެޓީގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355