މިއަދު އިންތިހާބުކުރި ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސަކަށް މިދިލިމާގެ މަރިޔަމް އާދަމް ހޮވައިފި އެވެ. އަދި އެކޮމެޓީގެ ނައިބް ރައީސާގެ މަގާމަށް ހޮވުނީ ފަތަހަ، އައިމިނަތު އަލީ އެވެ.
އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެކަމަށް ޝައުގުވެރިކަން ފާޅުކުރެއްވީ ހަމައެކަނި މަރިޔަމް އާދަމެވެ. މަރިޔަމަށް ތާއިދު އޮތްތޯ ބެލުމަށް ނެގި ފެންނަ ނުފެންނަށް ވޯޓުންގެ ނަތީޖާއިން 8 ވޯޓްގެ ތަނަވަސް އަގުލަބިއްޔަތުން މަރިޔަމް ވަނީ ރައީސާގެ މަގާމަށް އިންތިހާބުވެލައްވާފަ އެވެ.
ކުޅުދުއްފުށިގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓިގެ ނައިބު ރައިސާގެ މަގާމަށް ހޮވުނު އައިމިނަތު–
ނައިބު ރައީސާގެ މަގާމަށް ކުރިމަތިލެއްވީ ޕެނަލް، ސާދުނާ މުހައްމަދާއި ފަތަހަ، އައިމިނަތު އަލީ އެވެ. 6 މެމްބަރުންގެ ތާއިދާ ލިބިގެން އިންތިހާބު ވެލެއްވީ އައިމިނަތު އަލީ އެވެ.
9 މެމްބަރުން ތިއްބަވާ އެކޮމެޓީގެ ރައިސާ ނައިބު ރައީސް ހޮވުމަށް މިއަދު ކުޅުދުއްފުށީ ކައުންސިލު އިދާރާގައި ބޭއްވި ޖަލްސާގައި ބައިވެރިވެލެއްވީ 8 މެމްބަރެކެވެ.