twitterviber whatsapp telegramfacebookyoutube instagram
4th May 2024

ދިރާގުން ރެޑް ކްރެސެންޓްގެ ކޯރޕޮރޭޓް މެމްބަރެއްގެ ގޮތުގައި ބައިވެރިވެއްޖެ

Aug 16, 2016

އިންސާނިއްޔަތަށްޓަކައި ފޯރުކޮށްދޭ ހިދުމަތްތަކުގައި އެހީތެރިވުމަށް ދިރާގުން ދިވެހި ރެޑް ކްރެސެންޓްގެ ކޯރޕޮރޭޓް މެމްބަރެއްގެ ގޮތުގައި މިއަދު ބައިވެރި ވެއްޖެއެވެ.

އެއް އަހަރުދުވަހުގެ މުއްދަތަށް ރެޑް ކްރެސެންޓުގެ ކޯރޕޮރޭޓް މެމްބަރެއްގެގޮތުގައި އެއް އަހަރު ދުވަހަށް ދިރާގުން ބައިވެރިވެ އެވެ. އަދި ދިރާގުން ވަނީ މެމްބަރޝިޕް ފީގެ ގޮތުގައި 50،000 ރުފިޔާ ރެޑް ކްރެސެންޓަށް ހަދިޔާކޮށްފައެވެ.

ކޯރޕޮރޭޓް މެމްބަރޝިޕްގައި ސޮއިކުރުމަށްޓަކައި މިއަދު ދިރާގު މައި އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ އިސަބެލް ހަޖްރީ ވިދާޅުވީ ދިވެހި ރެޑް ކްރެސެންޓަކީ އިންސާނިއްޔަތަށްޓަކައި ރާއްޖޭގައި މަސައްކަތްކުރާ އެންމެ ބޮޑު ޖަމާއަތެވެ. އަދި އެފަރާތާއެކު ދިރާގުން އަތާއަތް ގުޅާލައިގެން މަސައްކަތްކުރަން ލިބުމަކީ ނުހަނު އުފާކުރައްވާ ކަމެއް ކަމަށެވެ.

ދިރާގުން ރެޑް ކްރެސެންޓް ގެ ކޯޕަރޭޓް މެމްބަރ އަކަށް ވުމަށް ނިންމާފައިވަނީ ދިރާގުގެ އިޖުތިމާއީ ޒިންމާ ޕްރޮގްރާމްގެ ދަށުންނެވެ. ކުރިއަށް އޮތްތާގައިވެސް ރެޑް ކްރެސެންޓުން އިންސާނިއްޔަތަށް ކުރައްވާ އަގުހުރި މަސައްކަތަށް ދިރާގުން އެއްބާރުލުން ދެއްވާނެކަމަށާއި ރެޑް ކްރެސެންޓުން ދިރާގަށް ދެއްވި މި ފުރުސަތަށް ޝުކުރު އަދާ ކުރައްވާކަމަށް އިސަބެލް ވިދާޅުވިއެވެ.

ރެޑް ކްރެސެންޓުގެ ކޯރޕޮރޭޓް މެމްބަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވުމަކީ ދެ ފަރާތުންގުޅިގެން ރާއްޖޭގެ އަތޮޅުތަކުގައި ދެމެހެއްޓެނިވި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ދިގުމުއްދަތެއްގައި މަސައްކަތްކުރުމަށް އެޅޭ ފުރަތަމަ ބިންގަލެވެ. ދިވެހި ރެޑް ކްރެސެންޓުގެ ކޯރޕޮރޭޓް މެމްބަރޝިޕަކީ ކާރިސާގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކިކަންކޮޅުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާ އެހީތެރިކަން ދިނުމަށް ވިޔަފާރި ކުންފުނިތަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

ރާއްޖޭގެ 20 ރަށެއްގައި 2000 އަށް ވުރެ ގިނަ ދަރުމަވެރިންނާއިއެކު ދިވެހި ރެޑް ކްރެސެންޓުން މައިގަނޑު 3 ދާއިރާއަކުން ހިދުމަތް ފޯރުކޮށްދެއެވެ. އެއީ ސިއްހަތާ ދުޅަހެޅޮކަން އިތުރުކުރުމާއި ކާރިސާތަކަށް ތައްޔާރުވެ އިޖާބަ ދިނުމާއި ޒުވާނުންގެ ގާބިލްކަން އިތުރުކޮށް ބާރުވެރިކުރުމުގެ ދާއިރާއިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355