twitterviber whatsapp telegramfacebookyoutube instagram
4th May 2024

ބިޑަކާ ނުލައި ހއ.ހދ.ށ އަތޮޅުން ރަށެއް 125000 ޑޮލަރަށް،ފަޅެއް 150000 ޑޮލަރަށް

Aug 17, 2016

ރިސޯޓް ހެދުމަށް ބީލަމަކާ ނުލައި ފަޅުރަށްތަކާއި ފަޅުތައް ވިއްކާ އަގުތައް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެ އިއުލާނުގައިވާ ގޮތުން ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުން ރަށެއް ވިއްކަނީ ހެކްޓަރެއް 125000 ޑޮލަރުގެ ރޭޓުންނެވެ. އަދި މި އަތޮޅު ތަކުން 10 ހެކްޓަރުގެ ރަށެއް ވިއްކަނީ 1250000 ޑޮލަރަށެވެ.

ހަމަ މިއަގު ތަކުގައި ގއ. އަތޮޅާއި ގދ. އަތޮޅާއި ޏ. އަތޮޅު އަދި ސ. އަތޮޅުގެ ރަށްތައް ވިއްކަން ވަނީ އިއުލާނުކޮށްފައެވެ.

ޕްރީމިއަމްގެ ގޮތުގައި މި އަތޮޅުތަކަށް އެއްވެސް އެއްޗެއް ދައްކާކަށް ނުޖެހެއެވެ.

ފަޅުތައް ވިއްކާ ރޭޓްތައް ދައްކާގޮތުން ހއ. ހދ އަތޮޅުން ފަޅެއް ވިއްކަނީ 150000 ޑޮލަުގެ ރޭޓުންނެވެ. އަދި ގއ. ގދ. ޏ އަދި ސ އަތޮޅުން ފަޅެއްވެސް މި އަގުގައި ލިބޭއިރު ށ. އަތޮޅުން ފަޅެއް ގަންނައިރު ޕްރީމިއަމްގެ ގޮތުގައި 100000 ޑޮލަރު ދައްކަންޖެހެއެވެ.

އެންމެ އަގު ބޮޑުކޮށް ވިއްކަން އިއުލާންކޮށްފައި ވަނީ މާލެ އަތޮޅާއި އދ. އަދި އއ. އަތޮޅުގެ ރަށްތާއި ފަޅުތަކެވެ. މާލެ އަތޮޅުން ދިހަ ހެކްޓަރުގެ ރަށެއް 6.6 މިލިއަން ޑޮލަރަށް ވިއްކާއިރު މާލެ އަތޮޅުން ފަޅެއް ވިއްކަނީ ހެކްޓަރެއް 500،000 ޑޮލަރަށެވެ.

ތ. އަތޮޅުން 10 ހެކްޓަރުގެ ރަށެއް 2.7 މިލިއަން ޑޮލަރަށް ލިބޭއިރު ދ. އަތޮޅުން 3.3 މިލިއަން ޑޮލަރަށް ލިބެއެވެ.

އަދި ނ. އަތޮޅާއި ފ. އަދި މ. އަތޮޅުން ރަށެއް ލިބެނީ 3.8 މިލިއަން ޑޮލަރަށެވެ. މީގެ އިތުރުން ރ. އަތޮޅާއި ވ. އަތޮޅުން ރަށެއް 4.9 މިލިއަން ޑޮލަރަށް ލިބޭއިރު ބ. ޅ. އދ. އަތޮޅުން ރަށެއް ލިބެނީ 5.5 މިލިއަން ޑޮލަރަށެވެ.

ޓޫރިޒަމް ގާނޫނުގެ ދަށުން ރަށްތަކާއި ފަޅުތައް ވިއްކާ އަގުތައް އިއުލާންކުރި ނަމަވެސް މި އަހަރު ވިއްކަން ހަމަޖެހިފައިވާ ރަށްތައް އަދި އިއުލާނެއް ނުކުރެ އެވެ.

ޓޫރިޒަމް ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރަކު ދޫކުރާނެ ރަށްތަކާއި ފަޅުތަކާ ބިމާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް ރައީސް އޮފީހުގެ މަޝްވަރާގެ މަތިން ޓޫރިޒަމް މިނިސްޓްރީން ކޮންމެ އަހަރެއް ފެށުމާ އެކު ގެޒެޓްގައި އިއުލާން ކުރަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355