twitterviber whatsapp telegramfacebookyoutube instagram
7th September 2025

އަމާޒަކީ މިނިވަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުން: ހަނިމާދޫ ކޯޗު

Aug 17, 2016

އަމާޒަކީ މިނިވަން 50 ގެ މިއަހަރުގެ މުބާރާތް ކާމިޔާބުކުރުން ކަމަށް ހަނިމާދޫ ޓީމުގެ ކޯޗު މުހައްމަދު ނާސިރު ބުނެފި އެވެ.

ދުވަހު ނޫސް “މިހާރަށް” ދީފައިވާ އިންޓަވިއުގައި އުއްމީދީ ކޯޗު މުހައްމަދު ނާސިރު ބުނީ އަމާޒަކީ މިއަހަރުގެ މުބާރާތް ކާމިޔާބުކުރުން ކަމަށާއި އެމުބާރާތަށް ކޮލިފައިވެއްޖެ ނަމަ އިތުރު ކުޅުންތެރިން ގެންނާނެ ކަމަށެވެ.

އިއްޔެ ކުޅުދުއްފުއްޓާ ބައްދަލުކޮށް ހަނިމާދޫ ޓީމު ހޯދި ތަފާތު ބޮޑު ކާމިޔާބީއަކީ ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތް ކަމަށާއި ކުޅުންތެރިންގެ ފަރާތުން އިއްޔެ ފެނިގެންދިޔައީ ހިތްވަރު ގަދަ ކުޅުމެއް ކަމަށް މުހައްމަދު ނާސިރު ބުންޏެވެ.

ނާސިރު ބުނީ އިއްޔެގެ މެޗުގައި ނިންމުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި ފަސް ލަނޑު ޖެހި ތޯހާއަކީ ވަރަށް އުއްމީދީ ކުޅުންތެރިއެއް ކަމަށެވެ.

“ތަށި ހޯދައިދޭން ވަރަށް ބޮޑަށް ބޭނުންވޭ. ރަށަށް މިގޮތަށް ހިދުމަތްކޮށްދެވޭތީ ވަރަށް އުފާވޭ. ކުރިން ރަށު ޓީމަށް ކުޅުމަށް ފަހު މިހާރު ބޭނުންވަނީ ކޯޗެއްގެ ގޮތުގައި ކާމިޔާބު ހޯދައިދޭން،” މިހާރަށް ނާސިރު ބުނެފައިވެއެވެ..

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355