twitterviber whatsapp telegramfacebookyoutube instagram
6th June 2025
ADVERTISEMENT

ކުޅުދުއްފުށިން މީހެއްގެ އަތުން ފައިސާ ކޮތަޅެއް ފޭރިގަތުމަށް ބަޔަކު މަސައްކަތް ކޮށްފި

Aug 18, 2016

ކުޅުދުއްފުށީގައި މީހެއްގެ އަތުން ފައިސާ ކޮތަޅެއް ފޭރިގަތުމަށް ބަޔަކު މަސައްކަތް ކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު ގާތްގަނޑަކަށް 2:15 ހާއިރު 2 މީހަކު ވެގެން ކުޅުދުއްދުއްފުށީ މީހެއްގެ އަތުން ފައިސާ ކޮތަޅެއް ފޭރިގަންނަ މަސައްކަތް ކުރިކަމަށް ފުލުހުން ވަނީ މި ނޫހަށް ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް ދަބަހުގައި ހުރީ ކިހާ ފައިސާއެއްކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި ފޭރިގަންނަން މަސައްކަތްކުރީ ކުޅުދުއްފުށީ އަސްރަފީ ބޭސްފިހާރާގައި މަސައްކަތްކުރާ މީހަކު ރޭ ފިހާރަ ބަންދުކުރުމަށްފަހު ގެއަށްވަންނަނިކޮށް އެމީހާގެ ގޭގެ ގޯތިތެރެއިންނެވެ. ފައިސާ ކޮތަޅު ފޭރިގަންނަން މަސައްކަތް ކޮށްފައިވަނީ އެމީހާ ބިންމައްޗަށް ވައްޓާލައިގެންނެވެ. ފައިސާ ކޮތަޅު ފޭރިގަނެވިފައި ނުވި ނަމަވެސް އެމީހާއަށްވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

މީގެ އިތުރުން ފުލުހުންގެ މީޑިއާ އޮފީޝަލް ވިދާޅުވީ މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި މިހާރު މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com