twitterviber whatsapp telegramfacebookyoutube instagram
20th May 2025

5 ކެޓަގަރީއަކުން ތިލަ ދެކުނު ޝަރަފުވެރި ކަމުގެ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

Aug 18, 2016

5 ކެޓަގަރީއަކުން ތިލަދެނުކު ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ތިލަ ދެކުނު ޝަރަފްވެރި އިނާމަކީ ހދ.އަތޮޅަށް ޝަރަފުވެރި ވަނަތަކާއި މަގާމުތައް ހޯދައި ފަރާތްތަކަށާއި ތަފާތު ދާއިރާތަކުން ހދ އަތޮޅަށް ފާހަގަކުރެވޭ ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތައް ފާހަގަކުރުމަށާއި އަދި ހދ.އަތޮޅު ސްކޫލްތަކުގައި ކިޔަވައި ދަރިވަރުން ސްކޫލް ދައުރުގައި ތައުލީމީ ރޮނގުން ހޯދައި ކާމިޔާބީތައް ފާހަގަކޮށް މަތީ ވަނަތައް ހާސިލުކުރާ ދަރިވަރުންނަށާއި އެ ދަރިވަރުންނަށް އެހީތެރިވި އެދުރުންގެ ހިދުމަތުގެ އަގު ވަޒަންކުރުމަށް ތައާރަފް ކުރި އިނާމެ ކެވެ.

އެގޮތުން މި އަހަރު އިނާމު ހުށައެޅުމަށް ހުޅުވާލާފައިވާ 5 ކެޓަގަރީތަކަކީ

ކައުންސިލުންދޭ ހާއްސަ އިނާމު:

– ތިލަދެކުނު ރަންތަރި

– ތިލަދެކުނު އުޖާލާ ތަރި (ސާނަވީ)

– ތިލަދެކުނު އުޖާލާ ތަރި (މަތީ ސާނަވީ)

– ތިލަދެކުނު ހިންމަތްތެރި ތަރި

މަތީދަރަޖަ ހޯދާ ފަރާތްތަކަށްދޭ އިނާމު:

– ތިލަދެކުނު ޝަރަފުވެރި ތަރި (ސާނަވީ)

– ތިލަދެކުނު ޝަރަފުވެރި ތރި (މަތީ ސާނަވީ)

– ތިލަ ދެކުނު ތޫނުފިލި ތަރި

ހިންގުންތެރިކަމުގެ އިނާމު:

– ތިލަދެކުނު ހިންގުންތެރި މަދަރުސާ

– ތިލަދެކުނު ހިންގުންތެރި ރަށުކައުންސިލް

– ތިލަދެކުނު ހިންގުންތެރި އަންހެނުންގެ ކޮމިޓީ

– ތިލަދެކުނު ހިންގުންތެރި ކުލަބު، ޖަމިއްޔާ

ހިތްވަރު ދިނުމުގެ އިނާމު އަދި ޝަރަފްވެރިކަމުގެ އިނާމު ދެވޭ ދާއިރާތައް:

– ދީނީ ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ އިލްމު އުނގެނިގަތުމާއި އުނގަންނައިދިނުމުގެ ދާއިރާ

– ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ

– ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ދާއިރާ

– ސިއްހީ ދާއިރާ/ ހަކީމީ ބޭސްވެރިކަމުގެ ދާއިރާ

– ދިވެހި އަދަބިއްޔާތު އަދި ތާރީހަށް ހިދުމަތް ކުރުމުގެ ދާއިރާ

– އައު އުފެއްދުންތެރި ކަމުގެ ދާއިރާ

– ތައުލީމީ ދައިރާ

– އަތްތެރި މަސައްކަތުގެ ދާއިރާ

– ތިމާވެށީގެ ދާއިރާ

– އިޖްތިމާއީ ހިދުމަތުގެ ދާއިރާ

– މަސްވެރިކަމުގެ ދާއިރާ

– ފަތުރުވެރިކަމުގެ ދާއިރާ

– ދަނޑުވެރިކަމުގެ ދާއިރާ

މި ދާއިރާތަކަށް ނަން ހުށައެޅުމުގެ ސުންގަނޑިއަކީ އަންނަ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ. އިނާމަށް އެދި ހުށަހަޅާ ފޯމް ހދ.އަތޮޅު ކައުންސިލާއި، ރަށްރަށުގެ ކައުންސިލްތަކުން ލިބެން ހުންނާނެއެވެ. އަދި އެކައުންސިލު ތަކުން ފޯމް ބަލައިގަތުންވެސް ކުރިއަށްދާނެ އެވެ.

ތިލަ ދެކުނު ޝަރަފުވެރިކަމުގެ އިނާމަކީ މިދިޔަ އަހަރު ހދ އަތޮޅު ކައުންސިލުން ތައާރަފްކޮށްފައިވާ އިނާމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355