twitterviber whatsapp telegramfacebookyoutube instagram
27th April 2024

ނާގޯށި ވީހާވެސް އަވަހަކަށް ހުޅުވުމަކީ އެމްޓީޑީސީގެ މިހާރުގެ އެންމެ ބޮޑުއެއް ޓާގެޓް

Aug 18, 2016

ހދ ނާގޯށި ވީހާވެސް އަވަހަކަށް ހުޅުވުމަކީ އެމްޓީޑީސީ މެނޭޖްމެންޓްގެ މިހާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅުގައި ހުޅުވަން މަސައްކަތްކުރަމުންދާ ފުރަތަމަ ރިސޯޓްކަމަށްވާ ނާގޯށީގެ މަސައްކަތާ ބެހޭ ގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ނާގޯށީގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ސަބް ކޮންޓްރެކްޓަރާއެކު ވާހަކަ ދައްކާފައިވާ ކަމަށެވެ. ވީހާވެސް ކުރު މުއްދަތެއް ތެރޭގައި މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު މިހާރު ދީފައިވާކަން ޝުޖާއު ވިދާޅުވި އެވެ.

“އަޅުގަނޑު މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން މިހާރު އަޅުގަނޑުމެންނަށް އެބޭފުޅުން ޔަގީންކަން އެބަ ދެއްވާ އިރާދަކުރެއްވިއްޔާ ވިހާވެސް ކުރު މުއްދަތެއް ތެރޭގައި އަލުން ނާގޯށީގެ މަސައްކަތްތައް ފެށިގެން ހިންގާގަންނާނެ ވަރުވާނެ ކަމަށް” ޝުޖާއު ވިދާޅުވި އެވެ.

އަންނަ އަހަރުގެ 6 މަސްތެރޭގައި ހުޅުވަން މަސައްކަތްކުރަމުންދާ ނާގޯށި ހުޅުވުމުން ހދ އަތޮޅުގެ ރައްޔިތުންނަށް މަންފާވާނެ ގޮތަށް، އެއަތޮޅުގެ ޒުވާނުންނަށް ވަޒީފާ ލިބިގެންދާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ. ނާގޯށި ރިސޯޓާއެކު ހދ ގެ ވިޔަފާރިތަކަށް ފަހި ގޮތެއްކެއް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

ރަޝިޔާ ކުންފުންޏެއް ކަމަށްވާ ތްރީކޭ އިންޓަނޭޝަނަލުން ތަރައްގީކުރާ އެރިސޯޓްގެ  50 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.

ޝުޖާއު ވިދާޅުވީ ރިސޯޓުގެ މަސައްކަތް ހުއްޓުނީ އިގްތިސާދީ ގޮތުން ދުނިޔެއަށް ކުރިމަތިވި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.

600 އެނދާއެކު ނާގޯށި ތަރައްގީކުރުމަށް ސަރުކާރުން އެމްޓީޑީސީއާ ހަވާލުކުރެވުނީ 2006 އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355