twitterviber whatsapp telegramfacebookyoutube instagram
5th May 2024

ސީއައިޓީއެމް އިން ކެލާގައި ހިންގި ކޮންޕިއުޓާރ ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދީފި

Aug 19, 2016

ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމެންޓް (ސީއައިޓީއެމް) އާއި ކެލާ ކައުންސިލް ގުޅިގެން ކެލާގައި ހިންގި 2 ކޮމްޕިއުޓާ ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދީފި އެވެ.

ސީއައިޓީއެމް އިން ކެލާގައި ހިންގާފައިވަނީ ކޮމްޕިއުޓާ ޕޮރ ކިޑްސް ގެ ކޯހަކާއި ސެޓްފިކެޓް ލެވެލް 3 ގެ ކޯހެކެވެ. އެގޮތުން މި ދެކޯހުގައި ޖުމްލަ 158 ދަރިވަރަކު ވަނީ ބައިވެރިވެފަ އެވެ.

ރޭ ކެލާ ސްކޫލްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީހެވެ.

މި ޖަލްސާ ޝަރަފުވެރި ކުރައްވާ ނާސިހާ ދެއްކެވި ވާހަކާގައ މިހާރު ކޮމްޕިއުޓާ ތައުލީމަކީ އަސާސީ ތައުލީމެއް ކަމަށާއި ކޮންމެ ވަޒީފާއަކަށް ވެސް ކޮމްޕިއުޓާ ތައުލީމް ބޭނުންވާ ކަމަށާއި ވަޒީފާއަކަށް މީހަކު ނަގާއިރުވެސް އައިޓީ އެގެނީ ކިހާވަރަކަށްތޯ ބަލާކަމަށެވެ. މީގެ އިތުރުން ސީއައިޓީއެމް އިން ރާއްޖެތެރޭގެ ރަށްރަށަށް ފޯރުކޮށްދެއްވަމުން ގެންދަވާ ހިދުމަތް ފާހަގަކޮށް އެފަރާތަށް ވަނީ ޝުކުރު ދަންނަވާފަ އެވެ.

ސީއައިޓީއެމްއިން ބުނީ އައިޓީގެ އެޑްވާންސް ކޯހާއި ޑިޕްލޮމާ ކޯސް އަންނަ ހަފްތާ ކެލާގައި ފެށުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

މިރަސްމިއްޔާތުގައި ކެލާ ހުރި ސަރުކާރުގެ މުވައްސަސާތަކުގެ ވެރީންނާއި ހއ އަދި ހދ ގެ ކައުންސިލަރުން ބައިވެރިވެލެއްވި އެވެ.

1996 ވަނަ އަހަރު އުފެދުނު ސީއައިޓީއެމްގެ 20 ކެޕަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާއިރު ރާއްޖެތެރޭގައި ސީއައިޓީއެމްއިން ކޮމްޕިއުޓާރ ކޯސްތަށް ކުރިއަށްގެންދަން ފަށާފައިވަނީ 2008 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355