twitterviber whatsapp telegramfacebookyoutube instagram
16th February 2026

ކުޅުދުއްފުށީ މަގު ހަދަން ފެށުން ސެޕްޓެމްބަރު މަހު

Aug 20, 2016

އެތައް ފަހަރެއްގެ މަތިން ފަސްކުރުމަށްފަހު އަދި އެންމެ ފަހުން އޯގަސްޓްމަހު ފެށޭނެކަމަށް ބުނި، ހދ.ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއު އަންނަ މަހު ފެށޭވަރުވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ގދ.ތިނަދޫގައި މިހާރު ކުރިއަށްދާ މަގުހެދުމުގެ މަސައްކަތް ނިމުމާއެކު ދެން އެންމެ އަވަހަށް ފެށޭނީ ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއުކަމަށެވެ.

ކުޅުދުއްފުށީ 13 މަގެއް މި މަޝްރޫއުގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އެއީ އާންމުން ހިދުމަތް ހޯދަންދާ ގިނަ ފެސިލިޓީސްތައް ހިމެނޭ މައިގަނޑު މަގުތައް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވީ ވިއްސާރަ މޫސުމުގައި ރަށުގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ރަށު ފެންވަރުގެ ކުރެވެން ހުރި މަސައްކަތްތަކާއިމެދު މިހާރު ގެންދަވަނީ މަޝްވަރާ ކުރައްވަމުންކަމަށެވެ. އަދި މަގުތަކުގައި ފެން ބޮޑުވާން ދިމާވަނީ އެ ރަށު ބޮޑުމަގުކަމަށްވާ އަމީނީމަގުގެ ކާނުތައް ފުރިގެންނާއި ގޭގެއިން މަގަށް ފެން ބޭރުވާ ގޮތަށް ހުންނަ ހޮޅިތަކުގެ ސަބަބުންކަމަށެވެ.

ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ. އެއަށް ފަހު ރައީސް ވަހީދުގެ ވެރިކަމުގެ ކުޅުދުއްފުށިގެ އަމީނީމަގުގައި ތާރު އެޅުން ފިޔަވާ އިތުރު މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355