twitterviber whatsapp telegramfacebookyoutube instagram
15th August 2026

ހދ ޕޮލިސް އިންވެސްޓިގޭޝަން ހެޑް އެއްޖިންސުން ގުޅުން ހިންގަނިކޮށް އަތުލައިގެންފި

Aug 21, 2016

ހދ އަތޮޅު ޕޮލިސް އިންވެސްޓިގޭޝަން އިންޗާޖްގެ މަގާމުގައި ހުރި ފުލުސް މީހާ މާލޭގެ ގެސްޓްހައުސެއްގެ ތެރޭގައި ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގަން ތިއްބައި ރެޑްހޭންޑްކޮށް އަތުލައިގެންފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންޕޮމޭޝަން އޮފިޝަލް އިސްމާއިލް އަލީ ވިދާޅުވީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 19 ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި، މާލޭ ގެސްޓް ހައުސްއެއްގައި އެއްޖިންސުން ގުޅުން ހިންގަން ތިބި ދިވެހި ދެފިރިހެނުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށެވެ.

އިސްމާއިލް ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 31 އަހަރާއި 24 އަހަރުގެ ދެމީހުންކަމަށެވެ. ދެމީހުން ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިން ކަމާއި އެތަނުން އެކަކަކީ ފުލުހެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް  އެމީހުންނާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެމައްސަލައިގައި ފުލުހަކު ހިމެނޭތީ ގާނޫނީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާކަމަށް ފުލުހުން ބުނެ އެވެ.

މިމައްސަލައިގައި ތަހްގީގުކުރަމުންދާއިރު އެ ދެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355