ކުރިއަށް އޮތް 24 ގަޑިއިރު ވައި ގަދަވެ ކަނޑުތައް ގަދަވާނެތީ އެންމެހާ ފަރާތްތަކުން ހާއްސަކޮށް އުތުރާއި މެދު ރާއްޖެ ތެރޭގެ ސަރަހައްދުތަކުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރައްވައިފި އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
” ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބޯކޮށް ވާރޭވެހި ، ވައި ގަދަވެ އަދި ކަނޑުތައް ގަދަވާނެތީވެ އާންމުކޮށް އެންމެހާ ފަރާތްތަކުން އަދި ޚާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަޙައްދުތަކުގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަން ” މުސުމާ ބެހޭ އިދާއިން ބުންޏެވެ.
އެއިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަނޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެ އެވެ..