twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހަމަނުޖެހުން ބޮޑުވެ ހަނިމާދޫ އާއި ކެލާ މެޗުގެ ކުޅުން ހުއްޓާލައިިފި

Aug 22, 2016

ހަމަނުޖެހުން ބޮޑުވެ މެޗު މެދުކަނޑާލުމަށްފަހު، މެޗު ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މާހައުލެއް ގާއިމު ނުކުރެވުމުން މިނިވަން ޗެމްޕިއަންޝިޕްގެ ހަނިމާދޫ އާއި ކެލާ މިއަދު ބައްދަލު ކުރި މެޗުގެ ކުޅުން ހުއްޓާލައިިފި އެވެ.

މެޗު މެދުވެރިވީ  މެދުވެރިވީ ދެވަނަ ހާފު  ގައި ކެލާ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން ކެލާ ކުޅުންތެރިން ރެފްރީއާ ދިމާއަށް އަންނަ ފެށުމުން، ރެފްރީ ދަނޑުން ފޭބުމުންނެވެ.

އެއަށް ފަހު ކެލާ ކުޅުންތެރިންނާ އޮފިޝަލް ރެފްރީއާއި އެފްއޭއެމްގެ ބޭފުޅުންނާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރެވި، ކެލާ ކުޅުންތެރިންނާއި އޮފިޝަލް މެޗު ހޫނުކޮށް، ކުރިއަށް ނުގެންދެވުނީ އެވެ. އަދި ކެލާ ޓީމުގެ ބައެއް  ކުޅުންތެރިންނާއި ބައެއް އޮފިޝަލުގެ ފަރާތުން ދަށު ދަރަޖައިގެ ބަސްމަގު ބޭނުންކޮށް އެފްއޭއެމްގެ އޮފިޝަލުންނާ މުހާތަބުކުރިކަން ފާހަގަކުރެވެ އެވެ

މެޗުގެ ބާކީ ބައި ކުރިއަށްގެންދެވޭނެ މާހައުލެއް ނެތުމުން ބާކީ ވަގުތު ކުރިއަށް ނުގެންދެވި މެޗު ހުއްޓާލީކަމަށް މެޗު ކޮމިޝަނާ އިއުލާނުކޮށް މެޗު ހުއްޓާލީ  އެވެ.

މެޗު ކުޅުން ހުއްޓާލި އިރު 3-0 ކުރީގައި އޮތީ ހަނިމާދޫ އެެވެ. މިއަދުގެ މެޗުގައި ހަނިމާދޫގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން އެއްވެސް ހަމަނުޖެހުމެއް ހިންގަފައެއް ނުވެ އެވެ

މިއީ މިނިވަން ޗެމްޕިއަންޝިޕް ޒޯން 1ގެ 2 ވަނަ މެޗެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355