twitterviber whatsapp telegramfacebookyoutube instagram
16th February 2026

ކުޅުދުއްފުށީ ހޮސްޕިޓަލާއި އެއާޕޯޓް ނިންމާނީ ރައީސް ޔާމީންގެ ވެރިކަމުގަ: ނިހާން

Aug 22, 2016

ކުޅުދުއްފުށީ ހޮސްޕިޓަލާއި އެއާޕޯޓް ނިންމާނީ ރައީސް ޔާމީންގެ ވެރިކަމުގަކަމަށް ރައްޔިތުން މަޖީލީހުގެ މެޖޯރިޓީ ލީޑަރު އަދި ސަރުކާރު ހިންގައި މައި ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރު އަހުމަދު ނިހާން ހަސަންމަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވެފައިވަނީ އެބޭފުޅާ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

Kulhudhufushee Hospital ves adhi Airport ves Iraadhakureviyyaa Nimmaanee Raees Yamin ge Sarukaarun. #RY2018pic.twitter.com/TrhbGCSIAU

— Ahmed Nihan (@ahmed_nihan) August 22, 2016

ބެލެވޭ ގޮތުގައި ހޮސްޕިޓަލާ ނިންމާނެ ކަމަށް ވިދާޅުވެފައި އެވަނީ ޓާޝަރީ ފެންވަރަށް ބަދަލުކޮށް ނިންމާނެ ވާހަކަ އެވެ. އެއާޕޯޓްގެ ވައުދަކީ ރައީސް ޔާމިންގެ ކެމްޕެއިން ވައުދެކެވެ. ރައީސް ޔާމިން ވިދާޅުވެފައިވަނީ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅާނެ ކަމަށެވެ. ނަމަވެސް އަދި އެވައުދު ފުއްދިފައެއް ނުވެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓް ތަރައްޤީކުރުމަށްޓަކާ ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއަހަރުގެ މާރޗް އަދި މެއިމަހުގެތެރޭ ވަނީ އިއުލާންކޮށްފައެވެ. އަދި އެއާޕޯޓް އަޅާ ސަރަހައްދުގެ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް  ހަދަން ހަވާލުކޮށްފައިވާ ސޭންޑް ކޭސް ލިމިޓެޑުންވަނީ މިއަހަރުގެ ޖޫންމަހުގެތެރޭ އިނިޝިއަލް ސާވޭއެއް ހަދާފަ އެވެ

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355