twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ނަފްސު ތަރައްގީކޮށް އުފެއްދުންތެރި މަސައްކަތުގެ މާހައުލެއް ދަމަހައްޓާނެ ގޮތްތަކުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

Aug 23, 2016

ނަފްސު ތަރައްގީކޮށް އުފެއްދުންތެރި މަސައްކަތުގެ މާހައުލެއް ދަމަހައްޓާނެ ގޮތްތަކުގެ މަޝްވަރާ ބައްދަލުވުމެއް ހދ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ބާއްވައިފި އެވެ.

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ނިމިގެން ދިޔަ ހަފްތާގައި ކުރިޔަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވި ފުލުހުންނަށާއި މުވައްޒަފުންނަށް މަޢުލޫމާތު ދީފައި ވަނީ މުވައްޒަފުންގެ ނަފްސް ތަރައްގީކޮށް އިތުބާރާއި ޔަގިީންކަން މަސައްކަތުގައި ދަމަހައްޓައި އުފެއްދުންތެރި މަސައްކަތުގެ މާހައުލެއް ގާއިމް ކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންނެވެ.

މީގެ އިތުރުން މަސައްކަތުގެ ޒިންމާދާރު ކަމާއެކު އިސްނަގައި ކަންކަމުގައި ހަރަކާތްތެރިވުމުގެ މުހިއްމު ކަމާ ބެހޭގޮތުން ވެސް ވަނީ މައުލޫމާތު ދީފަ އެވެ.

މި މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ މަސައްކަތުގެ މާހައުލުގައި ޒިންމާދާރު ބަޔަކަށް ހެދުމާއި މަސައްކަތުގައި ބުރަކޮށް އުޅުނަސް ނަފްސު ތަރައްގީކޮށް ކުރިއަރުވާން ކުރެވިދާނެ ކަންކަމާމެދު އުފެއްދުންތެރި ގޮތެއްގައި ވިސްނައިދިނުމާއި މަސައްކަތުގެ މާހައުލުގައި ޒިންމާދާރު ބަޔަކަށް ހެދުމާއި މަސައްކަތުގައި ބުރަކޮށް އުޅުނަސް ނަފްސު ތަރައްގީކޮށް ކުރިއަރުވާން ކުރެވިދާނެ ކަންކަމާމެދު އުފެއްދުންތެރި ގޮތެއްގައި ވިސްނައިދިނުމެވެ.

އޮފީސް ކޮމްޕެކްސް ޖަލްސާ ކުރާ މާލަމުގައި ބޭއްވި މި ބައްދަލުވުމުގައި މަސައްކަތުގެ މާހައުލުގައި އާންމުކޮށް ދިމާވާ މައްސަލަތަކާއި އެމައްސަލަތައް ހައްލުކުރާނެ ގޮތްތަކާ ބެހޭގޮތުން މި މަޝްވަރާގައި ބައްދަލުވުމުގައި އަލިއަޅުވާލާ ވާހަކަ ދައްކާފައިވެއެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ 28 ފުލުހަކު ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފަ އެވެ.

މި މަޝްވަރާގައި ފުލުހުންނަށް މައުލޫމާތުދީފައިވަނީ އަޕަރ ނޯރތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ސާމީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355