twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހދ ޕީޖީ އޮފީހުގެ ދެވަނަ ކުއާޓަރގައި 134 މީހެއްގެ މައްސަލަ ދައުވާކުރުމަށް ކޯޓްތަކަށް ފޮނުވާފައިވޭ

Aug 24, 2016

މިއަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ހދ ޕީޖީ އޮފީހުގެ ފަރާތުން 134 މީހެއްގެ މައްސަލައިގައި ދައުވާކުރުމަށް ހއ، ހދ އަދި ށ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓްތަކަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ޝާއިއު ކުރަމުންދާ ތަފާސް ހިސާބުން ދައްކައެވެ.

މިއަހަރުގެ ދެވަނަ ކްއާޓަރގައި ޕީޖީ އޮފީސް ހދ.ގޮފިން އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ކުޅުދުއްފުށީ ކޯޓަށެވެ. އެއީ 42 މައްސަލަ އެވެ. ދެވަނައަށް އެންމެ ގިނަ މައްސަލަ ހުށަހަޅަފައިވަނީ ހއ އިހަވަންދޫ ކޯޓަށެވެ. އެކޯޓަށް 30 މައްސަލަ ހުށަހަޅާފައިވެ އެވެ.

ދައުވާކުރުމަށް މެޖިސްޓްރޭޓް ކޯޓްތަކަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތެއްގެ ގޮތުގައި އަންހެނުން ހިމެނޭ މައްސަލައިގެ ނިސްބަތަކީ 8.21 އިންސަކަމަށް ޕީޖީން މައުލޫމާތު ދެ އެވެ. އަދި ފިރިހެނުންގެ ނިސްބަތްތަކީ 91.79 އިންސަތަށް އެވެ.

މި ކުއާޓަރގައި ހދ.ގޮތްޕަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ މީހުންގެ އުމުރުފުރާއަށް ބަލާއިރު 18 އަހަރުން ދަށުގެ 5 ކުދިން މައްޗަށް ދައުވާކުރުމަށް ކޯޓްތަކަށް ފޮނުވާފައިވެ އެވެ.

ތަހްގީގީ އިދާރާތަކުން ހދ ގޮތްޕަށް މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް 93 މައްސަލައެއް ފޮނުވާފައިވެ އެވެ. މީގެ ތެރެއިން 49 މައްސަލައަކީ ދެވަނަ ކުއާޓަރގައި މުޅިން އަލަށް ހުށަހެޅުނު މައްސަލަތަކެވެ. ފުރަތަމަ ހައެއް މަސްދުވަހުގެ ތެރޭގައި 42 މައްސަލައިގައި ވަކި ގޮތެއް މިކުއާޓަރ ނިމުމުގެ ކުރިން ނިންމާފައިވާއިރު މީގެ ތެރެއިން 27 މައްސަލައެއް ވަނީ ކޯޓުތަކަށް ފޮނުވާފައެވެ. އަދި ހެއްކާއި ގަރީނާ ނެތިގެން އަނބުރާ 5 މައްސަލައެއް ފޮނުވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355