twitterviber whatsapp telegramfacebookyoutube instagram
20th May 2025

ކުޅުދުއްފުށިގައި ހަދައި އާޓިފިޝަލް ބީޗްގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލަނީ

Aug 24, 2016

ކުޅުދުއްފުށީ ބޯޒިޔާރަތް ސަރަހައްދުގައި ހަދައި އާޓިފިޝަލް ބީޗުގެ މަސައްކަތް މި އޯގަސްޓްމަހު ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމަސައްކަތް ކުރާ ކުންފުނި ހާމަކޮށްފި އެވެ.

އެމަޝްރޫއުގެ އަމަލީ މަސައްކަތް ކުރާ ސަބް ކޮންޓެކްޓަރު ޝިއެޒް ޕްރައިވެޓް ލިމިޓެޑުގެ ސައިޓް ސްޕައިވަޒަރ މުހައިމިނު މިއަދު ކޭއޯއަށް ވިދާޅުވީ ކުޅުދުއްފުށީ އާޓިފިޝަލް ބީޗުގައި މިހާރުކުރަމުންދަނީ ފިނިޝިންގގެ މަސައްކަތްތަކަމަށެވެ.

އެގޮތުން މިހާރު ބީޗު ރީތިކުރުމަށް ވެލި އަޅުމުންދާ ކަމަށް މުހައިމިނު ވިދާޅުވި އެވެ. މުހައިމިނު ވިދާޅުވީ މިމަހުގެ ނިޔަލަށް ބީޗްގެ މަސައްކަތް ނިންމާލެވޭ ވަރުވާނެ ކަމަށެވެ.

އާޓިފިޝަލް ބީޗްގެ ގޮތުގައި ކުރިން ހަމަޖެހިފައިވަނީ 60 ފޫޓާއި 100 ފޫޓްގެ ސަރަހައްދެއް ތަރައްގީކުރާ ގޮތަށެވެ.

މިމަޝްރޫއުގެ ދަށުން އެސަރަހައްދުގެ ގިރުން ހުއްޓުމުގެ ގޮތުން ބޭރު ތޮށިން ކުޑަ ތަންކޮޅެއް އެތެރެއަށް ވާގޮތަށް ވޯޓާ ބުރޭކަކާއެކު 710 މީޓަރުގެ ރިވެޓްމެންޓެއް  ވަނީ ލާފަ އެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު މިއަދު ކޭއޯއަށް ވިދާޅުވީ އެސަރަހައްދުގައި ބީޗް ހެދިގެންދާއިރު ރޭގަނޑު މޫދަށް އެރެވޭނެ ގޮތަށް ލައިޓް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ގިރުން ހުއްޓުވުމަށް ލައިފައިވާ ބޭރުތޮށި މިހާރު އިންވަރަށްވުރެ ބޭރަށް ޖައްސައިދިނުމަށް އެދި ހައުންސިންގ މިނިސްޓްރީގައި ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ބަދަލެއް ނުގެނެސް ކުރިން ހުރިގޮތަށް އެކަން ކޮށް ނިންމާލުމުން ކައުންސިލުން އެކަމާ ކަންބޮޑުވާކަމަށް އަލީ ވިދާޅުވި އެވެ.

މިކަމުގައި ހައުންސިންގ މިނިސްޓްރީގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް ވަނީ ފޯނަށް ޖަވާބު ނުދެއްވާތީ ލިބޭގޮތް ނުވެފަ އެވެ.

ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވަނީ ބޯޒިޔާރަތް ސަރަހައްދުން ފެށިގެން އިންޖީނުގެ ސަރަހައްދާ ހަމައަށެވެ. މި މަޝްރޫއުގެ ވެސް ބޮޑުބައެއް މިހާރު ވަނީ ނިމިފަ އ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355