twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އެމްއެންޔޫއާއި ގުޅިގެން ޑިގްރީ ފެންވަރުގެ 3000 ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އެޑިއުކޭޝަނުން ފަށައިފި

Aug 25, 2016

އެޑިއުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި ގުޅިގެން 3000 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

އެގޮތުން މި ތަމްރީން ޕްރޮގްރާމަށް ރާއްޖޭގެ 16 ސަރަހައްދަކުން ޓީޗަރުން ހޮވާފައިވާނެ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރެއްގެ ތެރޭގައި ހުރިހާ ޓީޗަރުން ޑިގްރީ ފެންވަރަށް ގެންނަން މަސައްކަތް ކުރާނެކަމަށް އެމްއެންޔޫއިން މައުލޫމާތު ދެއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ކޮންފަރެންސެއްގައި މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މިދިޔަ އަހަރު ހުރިހާ ޓީޗަރުން އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރަށް ގެންދިޔުމަށް މަސައްކަތްކޮށްފައިވާނެ ކަމަށާއި އެ މަސައްކަތް ވަރަށް ކާމިޔާބު ގޮތެއްގައި ނިމި މިހާރު ދާއިމީ މުވައްޒިފުން ގޮތުގައި އެ ޓީޗަރުން ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުުރުން ޑިގްރީ ފެންވަރުގެ ޓީޗަރުންގެ އަދަދު ވަރަށް މަދު ކަމަށާއި އިނގިރޭސި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން ޑިގްރީ ފެންވަރުގައި ތިބީ 20 ޕަސެންޓު ޓީޗަރުން ކަމަށާއި ހިސާބު ކިޔަވާދޭ ޓީޗަރުންގެ ތެރެއިން ވެސް ޑިގްރީ ފެންވަރުގައި ތިބީ ގާތްގަނޑަކަށް 25 ޕަސެންޓު ކަމަށެވެ. މީގެ އިތުރުން ސައިންސް އަދި ބިޒްނަސް ކިޔަވާދޭ ޓީޗަރުންގެ ތެރެއިން ޑިގްރީ ފެންވަރުގެ ޓީޗަރުންގެ ޕަސެންޓް 30 އަށް ވުރެ މަދު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެމްއެންޔޫގެ އިތުރުން އިސްލާމިކް ޔުނިވާރސިޓީއާއި ގުޅިގެން ވެސް ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައްވެސް ކުރިއަށް ދާ ކަމަށާއި މީގެ އިތުން އާ މަންހަޖަށް ތައްޔާރުވުމަށްޓަކާ ޕްރައިމަރީ ޓީޗަރުން ތަމްރީން ކުރާނެ ކަމަށާއި އެގޮތުން މި ޑިގްރީ ކޯހުގައި 260 އަށް ވުރެ ގިނަ ޕްރައިމަރީ ޓީޗަރުން ބައިވެރިވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355