މާފަލު ހިޔާގެ 40 ރޯހައުސް އާއި ކަނބޯރަނި ހިޔާގެ 1 ރޯހައުސް ގުރުއަތުލުން މިމަހު 27 ބާއްވަން ކުޅުދުއްފުށީ ކައުންސިލުން ތައްޔާރުވެފައިވަނިކޮށް، އެގުރުއަތުލުން ފަސްކުރުމަށް ހައުސިންގ މިނިސްޓްރީ އަންގައިފި އެވެ.
މި ރޯހައުސްތަކުގެ ގުރުނެގުން އޮންނަ ދުވަހާ ގަޑިތައް ކައުންސިލުން އިއުލާންކޮށް، ގުރުއަތުލުުގައި ހިމެނޭ ރަށުން ބޭރު ބައެއް ރައްޔިތުން މިހާރު ކުޅުދުއްފުއްޓަށް އައިސްފައިވަނިކޮށް، އެރޯހައުސްތަކުގެ ބައެއް މަސައްކަތްތައް ނުނިމޭތީ ގުރުއަތުލުން ފަސްކުރުމަށް މިނިސްޓްރީ ކައުންސިލުން އެނގީ އިއްޔެ އެެވެ.
ހައުންސިންގ މިނިސްޓްރީގެ ސިޓީގައިވަނީ އެރޯހައުސްތަކުގެ ނަރުދަމާ އާއި އެހެން ބައެއް މަސައްކަތް އަދި ނުނިމޭ ކަމަށާއި އެހެންވުމުން މިނިސްޓްރީ އަންގައިދެން ގުރުއަތުލުން ނުބޭއްވުމަށެވެ.
އެކަމާ ގުޅިގެން ކައުންސިލުން ނެރުނު އިއުލާންގައި ބުނެފައިވަނީ މިނިސްޓްރީގެ އެ އެންގުމާ ގުޅިގެން 27 ވަނަ ދުވަހު ބާއްވަން ނިންމި ގުރުއަތުލުން ފަސްކުރެވިފައިވާ ކަމަށެވެ.