twitterviber whatsapp telegramfacebookyoutube instagram
6th November 2025

ކުޅުދުއްފުށީ ކައުންސިލުން ކުރިއަށްގެންދިޔަ ގާރީ ކޯސް ލެވެލް 2 ގެ ނިމުން ފާހަގަކޮށްފި

Aug 25, 2016

ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން ހިންގި ގާރީކޯސް ލެވެލް 2 ނިމުން ފާހަގަކޮށް ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

ނޯދަން އޮފީސް ކޮމްޕެލެކްސްގެ ޖަލްސާކުރާ ހޯލް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ހައި ޑިސްޓިންގޝަން ހޯދި ފަރާތްތަކާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދްރީސްއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަޕްވެރި މެހެމާނާ ވިދާޅުވީ ގިނަ ފަރާތެއް މިފަދަ ކޯސްތަކުގައި ބައިވެރިވެ ސެޓްފިކެޓް ހާސިލްކުރެއްވީތީ އުފާކުރާކަމަށާއި ލިބުނު ސެޓްޕިކެޓްގެ ބޭނުން ފުރިހަމައަށް ހިފުމަށް އެދިލެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި 47 ފަރާތެއް ސެޓްފިކެޓް ހާސިލްކޮށްފައިވާއިރު އޭގެ ތެރެއިން ހައި ޑިސްޓިންގޝަން ވަނީ 16 ފަރާތެއް ހާސިލްކޮށްފަ އެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ކުޅުދުއްފުށީގައި ހިންގުމަށް ކުޅުދުއްފުށީ ކައުންސިލާއި، ކީރިތި ޤުރުއާނާބެހޭ މަރުކަޒާ ދެމެދު މިމަހުގެ ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

ގުރުއާނާ ބެހޭ މަރުކަޒުގެ ހިނގުމަށް ބޭނުންވާ އިމާރާތްތަކާއި ވަސީލަތްވެސް މިހާރު ކައުންސިލުންވަނީ ގާއިމްކޮށްފަ އެވެ. ނަމަވެސް ކޯސްތައް ނުފެށި ލަސްވަނީ ޓީޗަރެއް ނުލިބިގެން ކަމަށް ކައުންސިލުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355