twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އުރީދޫ ސްޕޯޓް ފްރެންޒީ ކުއިޒްގެ ފުރަތަމަ މަހު އެންމެ ގިނަ ޕޮއިންޓް ހޯދި ފަރާތަށް ސައިކަލެއް

Aug 25, 2016

އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ ސްޕޯޓް ފްރެންޒީ ކުއިޒްގައި ފުރަތަމަ މަހުގައި އެންމެ ގިނަ ޕޮއިންޓް ހޯއްދެވި ފަރާތަށް ހޮންޑާ ސްކޫޕީ އައި ކްލަބް ސައިކަލެއް މިއަދު ހަވާލުކޮށްފިއެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން ކުރިޔަށްދާ މިމުބާރާތުގައި، 400،000 ރ. ގެ އަގުހުރި އިނާމުތަކެއް ލިބިގެންދާއިރު، މި މުބާރާތް މިއަހަރުގެ އޮކްޓޯބަރ މަހާއި ހަމައަށް ކުރިއަށްދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އެސްއެމްއެސް މެދުވެރިކޮށް ބައިވެރިވެވޭ މި ކުއިޒްއިން ކޮންމެ ދުވަހަކުވެސް އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ 5 ބައިވެރިންނަށް، 500 އެމްބީގެ ޑޭޓާ ލިބޭނެއެވެ. އަދި ކޮންމެ ހަޕްތާއެއްގައި ވެސް އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ 2 ނަސީބުވެރިންނަށް އައިފޯން އެސްސީ ލިބިގެންދާއިރު، 8 ބޭފުޅަކަށް މިހާތަނަށް ވަނީ އައިފޯނު ލިބިފައެވެ.

އެގޮތުން މުޅި ޕްރޮމޯޝަން ތެރޭގައި 24 ބޭފުޅުންނަށް ފޯނު ލިބިގެންދާނެކަމަށާއި ތިންމަސް ދުވަހަށް ކުރިއަށްދާ މި ކުއިޒްގައި މި މަހާއި އެއްފަދައިން ކޮންމެ މަހަކުވެސް އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ ބައިވެރިޔާއަށް ހޮންޑާ ސްކޫޕީ އައި ކްލަބް ސައިކަލެއް ލިބިވަޑައިގަންނަވާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

މިކުއިޒްގައި ބައިވެރިވުމަށް، ކަސްޓަމަރުން 4242 އަށް ‘GO’ ޖައްސަވާފައި ފޮނުއްވާށެވެ.

ސްޕޯޓް ޕްރެންޒީ އާއިބެހޭ އިތުރު މައުލޫމާތު، ‘HELP’ ޖައްސަވާފައި 4242 އަށް އެސްއެމްއެސް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި އުރީދޫ ވެބްސައިޓް ooredoo.mv އިން ވެސް މި މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355