twitterviber whatsapp telegramfacebookyoutube instagram
14th August 2026

އިހަވަންދޫ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

Aug 26, 2016

ހއ އިހަވަންދޫ ނަރުދަމާގެ ނިޒާމްގެ އަމަލީ މަސައްކަތް ރަސްމީކޮށް ރޭ އިފްތިތާހްކޮށްފި އެވެ.

ރޭ އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެރަށުގެ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ރަސްމީގޮތުން ފައްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް އެވެ.

އިހަވަންދޫ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ކުރުމަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރައްވާފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމް.ޑަބްލިޔު.އެސް.ސީއާ އެވެ.

66 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރާ މި މަޝްރޫއުގެ ދަށުން ރަށުގައި ނަރުދަމާ ހޮޅި އަޅާ ޕަންޕް ސްޓޭޝަން ބެހެއްޓުމާއި އައުޓްފޯލް އެޅުމަށްވެސް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން 16.71 ކިލޯމީޓަރުގެ ދިގު ނަރުދަމާއެއްއެޅިގެންދާނެކަމަށާއި 5 ޕަމްޕް ސްޓޭޝަން ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޑަބުލިއުއެސްސީ ހާމަކުރެއެވެ.

އިހަވަންދޫ ނަރުދަމާ ނިޒާމްގެމަސައްކަތް އެމްޑަބްލިޔުއެސްސީއާއި ހަވާލުކުރައްވާފައިވަނީ 31 ޖުލައި 2017ގެނިޔަލަށް މަސައްކަތް އެއްކޮށް ފުރިހަމަކުރާގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355