twitterviber whatsapp telegramfacebookyoutube instagram
16th February 2026

ދިއްދޫ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފި

Aug 27, 2016

ހއ ދިއްދޫ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރައްވައިފި އެވެ.

މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ އިއްޔެ އެރަށުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެންވަޔަރަމަންޓް މިނިސްޓަރ ތޯރިގު އިބްރާހީމެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއަށް ގާތްގަނޑަކަށް 52 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގައި ފެން ހޮޅިވަޅުލައި ފެނުގެ ނިޒާމް ގުޅާލުމާއި އާރް.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރާނެ ތާންގީ ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫއުގެ އީ.އައި.އޭގެ މަސައްކަތް ނިމިފައިވާއިރު އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ސާމާނު މިހާރު ވަނީ އެރަށަށް ގެންގޮސްފައެވެ.

މި މަޝްރޫއު ބީލަމުގެ އުސޫލުން ސަރުކާރުން ހަވާލުކުރައްވާފައިވަނީ ސިއެރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355