ގައުމީ ޔުނިވަރސިޓީން ކުރިއަށްގެންދިޔަ ބެޗެލަރ އޮފް އާރޓްސް އިން ދިވެހި ލޭންގުއޭޖް ކޯހުން އެއްވަނަ ކުޅުދުއްފުށީ، ހިތިގަސްދޮށުގެ، އަހުމަދު ޒަކަރިއްޔާ ހޯދައިފި އެވެ.
އަހުމަދު އެކޯހުން އެއްވަނަ ހޯދި ގްރޭޑް ޕޮއިންޓް އެވްރެޖް 3.4 ނުވަތަ އެއަށްވުރެ މަތި ހޯދައިގެން 16 ދަރިވަރުންނާ ވާދަކޮށްގެންނެވެ.
ގައުމީ ޔުނިވަސިޓީން ދަސްވެިނިވި ދަރިވަރުންނަށް ސަނަދު ދިނުމަށް ބުރާސްފަތިދުވަހުގެ ރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ހައުންސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒެވެ.
މިރަސްމިއްޔާތުގައި 558 ދަރިވަރަކު ވަނީ ދަސްވެނިވެ، ސަނަދު ހާސިލްކޮށްފައެވެ. މީގެ ތެރޭގައި ޑިޕްލޮމާ، ޑިގްރީގެ އިތުރުން މާސްޓާސް އަދި ޕޯސްޓްގްރްޖުއޭޓް ކޯސްތައް ހިމެނެ އެވެ
ގައުމީ ޔުނިވަސިޓީގެ މިފަހަރު ދަސްވެނިވެފައިވަނީ މުދައްރިސުންނާއި ނަރުހުންނާއި ފާމަސިސްޓުންނާއި ލެބޯޓަރީ ޓެކްނީޝަނުންނާއި އިސްލާމާއި ދިވެހިބަހާއި އަދި އަރަބި ބަހުގެ އުސްތާޒުންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ފްރަންޓް އޮފީސް ސްޓާފުންނާއި ހައުސް ކީޕަރުންނާއި ޝެފުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މެނޭޖަރުންނާއި ގާނޫނީ ވަކީލުންގެ އިތުރުން އައިޓީ ޓެކްނީޝަނުންނާއި ވިޔަފާރިވެރިން އަދި މާކެޓްކުރާ މީހުންނެވެ.