ހދ.ނޮޅިވަރަމްގައި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއު އެންވަރުމެންޓް މިނިސްޓަރު ތާރިގު އިބުރާހިމް ފައްޓަވައިދެއްވައިފި އެވެ.
މިއަދު ނޮޅިވަރަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު ރަސްމީކޮށް އިފްތިތާހްކޮށްދެއްވާ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ތާރިގް އިބްރާހީމްއެވެ.
ގާތްގަނޑަކަށް 78 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރާ މި ނިޒާމްގެ ދަށުން އެއް ސީއައުޓްފޯލް އަޅައި 5 ޕަމްޕް ސްޓޭޝަން ގާއިމްކުރެވިގެންދާނެ އެވެ. އަދި 18 ކިލޯމީޓަރުގެ ދިގު ނަރުދަމާ ވިއުގައެއް އެޅިގެންދާއިރު 561 ގެއަކަށް ކަރަންޓް ގުޅާލެވިގެންދާނެ ކަމަށް މިމަޝްރޫއު ހަވާލުކޮށްފައިވާ އެމްޑަބުލިއުއެސްސީން ބުނެ އެވެ.
3000 ހާހެއްހާ ބޮޑު އޮންނަ ނޮޅިވަރަމްގެ ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާއި ހަވާލުކޮށްފައިވަނީ ވަނީ އަންނަ ސެޕްޓެމްބަރުމަހުގެ 2017 ގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.
މިއަދު ނޮޅިވަރަމް ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރު ތާރިގުގެ އިތުރުން އެންވަރަމަންޓް މިނިސްޓްރީގެ އިސްބައެއް ބޭފުޅުންނާއި އެމްޑަބުލިއުއެސީގެ އެމްޑީ ގެ އިތުރުން ނޮޅިވަރަމްގެ ކައުންސިލަރުންނާއި ރައްޔިތުން ބައިވެރިވެލެއްވި އެވެ