twitterviber whatsapp telegramfacebookyoutube instagram
16th February 2026

ރެފްރީ ފައިބައިގެން ހުއްޓާލި ކެލާ ހަނިމާދޫ މެޗުން މޮޅުވީ ހަނިމާދޫކަމަށް ކަނޑައަޅައިފި

Aug 28, 2016

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން 1 ގެ ލެގް ދެވަނަ މެޗުގައި ހަނިމާދޫ އާއި ކެލާ ބައްދަލުކުރި މެޗުން މޮޅުވީ ހަނިމާދޫކަމަށް އެފްއޭއެމް ކަނޑައަޅައިފި އެވެ.

ހަނިމާދޫ ކެލާ މެޗު އެދުވަހު ހުއްޓާލީ ކެލާ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ރެފްރީ ރަތް ކާނޑު ދެއްކުމަށްފަހު ރެފްރީ ދަނޑު ފޭބުމުންނެވެ. ރަތް ކާނޑު ދެއްކުމަށް ފަހު ރެފްރީ ދަނޑުން ފޭބީ ކެލާ ކުޅުންތެރިން މައްސަލަ ޖައްސަން ފެށުމުންނެވެ.

އެފްއޭއެމް ހަނިމާދޫ ޓީމަށް އިއްޔެ ފޮނުވި ސިޓީގައި ބުނެފައިވަނީ މިނިވަން ޗެމްޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތުގައި 22 އޯގަސްޓް ވަނަ ދުވަހު ކުޅުނު ހަނިމާދޫ އާއި ކެލާ ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ހާދިސާއާއި ގުޅިގެން އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީ ނިންމާފައިވަނީ ޑިސިޕްލިނަރީ ކޯޑުގެ 31 ވަނަ މާއްދާގެ ދަށުން 3-0 ނަތީޖާއަކުން ހަނިމާދޫ ޓީމް މޮޅުވީކަމުގަ އެވެ.

އެދުވަހުގެ މެޗު ހުއްޓާލީ ދެވަނަ ހާފް ފެށިގެން ކުޅެންފެށިތާ މާގިނައިރުތަކެއް ނުވަނީހެވެ. މެޗު ހުއްޓުނުއިރުގެ ވެސް ހަނިމާދޫ އުޅެނީ 3-0 ގެ ނަތީޖާއަކުން ކުރީގަ އެވެ.

އެދުވަހުގެ މެޗުން ރެފްރީ ފޭބުމުން ކެލާ ޓީމުގެ ބައެއް ކުޅުންތެރިނާ ޓީމްގެ ބައެއް އޮފިޝަލަް ވަނީ އެފްއޭފްއެމް ބޭފުޅުންނަށާއި ރެފްރީންނަށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށްފަ އެވެ.

އެފްއޭއެމްގެ ނިންމުމާއެކު ހަނިމާދޫ ވެގެންދާނީ ޒޯން 1 ގެ ޗެމްޕިއަންޝިޕްގެ ގޮތުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355