twitterviber whatsapp telegramfacebookyoutube instagram
20th May 2025

ނޮޅިވަރަމްގައި ފަނިތަކެއް ގިނަވެ އޭގެ އުނދަގޫ ބޮޑުވެފައި

Aug 28, 2016

ހދ ނޮޅިވަރަމްގައި ފަނިތަކެއް ގިނަވެ އޭގެ އުނދަގޫ ބޮޑުވެ އެކަން ހައްލުކޮށްދެއްވުން އެދި ސަރުކާރުގެ ކަމާ ގުޅުންހުރި މުވައްސަސާތަކުގައި އެދެފި އެވެ.

ދޮޅު އިންޗިއެއްހާ ދިގު މި ފަނި އުޅެނީ ބިމުގެ އަޑީކަމަށް ބެލެވެ އެވެ. އަދި މިދުވަސް ކޮޅު ފަނިތައް މައްޗަށް އަރައިގެން އުޅެނީ ފިނި ބޮޑުވެގެން ކަމަށް ލަފާކުރެވޭ ކަމަށް އެރަށު މީހުން ބުނެ އެވެ.

ނޮޅިވަރަމް ކައުންސިލްގެ ރައީސް އަބުދުއްރަހީމް ހުސެއިން މިއަދު ކޭއޯއަށް ވިދާޅުވީ ފަނިތަކެއް ގިނަވެ އޭގެ އުނދަގޫ ރައްޔިތުންނަށް ފޯރާފައިވާ ކަމަށެވެ. އަދި އެކަން ހައްލުކޮށްދިނުމަށް އެދި ރައްޔިތުންގެ ފަރާތުން ކައުންސިލުގައި އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަނިތަކަކީ އިންސާނުންނަށް ނުރައްކާ ފަނިތަކެއް ކަމަށް އަދި ނޭނގެ އެވެ.

މީގެ ފަނިތަކެއް މީގެ ކުރިންވެސް ދެފަހަރަކަށް ފެނިފައިވާ ކަމަށާއި އެހެންނަމަވެސް މިފަހަރު ފެނުނުހާ ގިނައެއްކޮށް އެފަހަރުތަކުގައި ފެނުފައިނުވާ ކަމަށް އަބުދުއްރަހީމް ވިދާޅުވި އެވެ.

އަބުދުއް ރަހީމް ވިދާޅުވީ އެކަން ވީހާވެސް އަވަހަކަށް ހައްލުކޮށްދެއްވުން އެދި ހދ އަތޮޅު ކައުންސިލަށާއި ހެލްތް މިނިސްޓްރީއަށް ހުށަހަޅާފައިވާނޭ ކަމަށެވެ.

ކުޅުދުއްފުށީ ޕަބުލިކް ހެލްތް އޮފިޝަލް ފާތުމަތު ހަސަން ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމައްސަލަ ހުށަހެޅުމާއެކު ކަމާގުޅުން ހުރި ފަރާތްތަކާ މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން ނޮޅިވަރަމްގައި ގިނަވެގެން އުޅެނީ ކުނބުރޯށީގެ ޅަ ވައްތަރުކަމަށް ވެދާނެކަމަށް އެގްރިކަލްޗާއިން ބުނެފައިވާ ކަމަށެވެ. ” އެއީ ރަނގަޅަށް ކުނބުރޯއްޓަށް ނުވާ އެއްޗެއްހި. އަނެއްހެން ބުނަންޏާ ޅަ ކުނބުރޯށިކަމަށް ވެދާނެކަަމަށް އެގްރިކަލްޗާއާ ހަވާލާދީ ” ފާތުމަތު ވިދާޅުވި އެވެ.

ފާތުމަތު ވިދާޅުވީ އެ އެއްޗެހި އުފެދެނީ ފަނާއި ފަނުގެ ބާއްވަތަށް ފީ ވެގެންދާއިރު ކަމަށާއި މައްޗަށް އަރައިގެން އެއުޅެނީ ބިމުގައި ފެނުގެ އަސަރު ހުރުމުން ކަމަށެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅިގެން އެކަން ހައްލުކުރާނެ ގޮތް މިހާރު ނޮޅިވަރަމް ސިއްހީ މަރުކަޒާއި ހިއްސާކުރެވިފައިވާނެކަމަށް ފާތުމަތު ވިދާޅުވި އެވެ.

ފާތުމަތު ވިދާޅުވީ އެއީ އިންސާނުންނަށް ނުރައްކާތެރި އެއްޗެއް ނޫން ކަމަށެވެ. މީގެ ފަނިތަކެއް ގިނަވެގެން މިދުވަސްވަރު ކުޅުދުއްފުށީވެސް ރިޕޯޓްތަކެއް ލިބިފައިވާ ކަމަށާއި އެކަން ހައްލުކުރުމަށް ކައުންސިލާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ފާތުމަތު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355