twitterviber whatsapp telegramfacebookyoutube instagram
20th May 2025

މަތީ ތައުލީމު ހާސިލްކުރުމަށް ކުޅުދުއްފުށީގެ 2 ފުލުހަކު އިންޑިޔާއަށް ފުރައިފި

Aug 28, 2016

-ނަޝްވާ ހަސަން-

ސްކޮލަޝިޕްތަކެއްގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުންގައި މަސައްކަތްކުރާ ދެ ފުލުހަކު މަތީ ތައުލީމަށް އިންޑިޔާއަށް ފުރައިފި އެވެ.

މިސްކޮލަޝިޕްގައި ކިޔަވަން ފުރި ކުޅުދުއްފުށިގެ ދެ ފުލުހަކީ ބެޗްލަރ އޮފް ސައިންސް އިން ފޮރެންސިކް ސައިންސް ކިޔެވުމަށް ޕޮލިސް ސާޖަންޓް މުހައްމަދު އަހުމަދުއާއި، ބީޓީއީސީ ސިވިލް އިންޖީނިއަރިންގ ކިޔެވުމަށް ޕޮލިސް ސާޖަންޓް އަހުމަދު ސައީދު އެވެ. މީގެ އިތުރުން އިތުރު 8 ފުލުހަކު ވަނީ އިންޑިޔާއަށް މަތީ ތައުލީމަށް ފުރައިފަ އެވެ.

ފުލުހުން ބުނީ ފުލުހުންނަކީ ތައުލީމީ ޤާބިލް ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންނަށް ލިބުނު ސްކޮލަޝިޕް ފުރުސަތުތަކެއްގައި ކަމަށެވެ.

ފުލުހުންގެ މީޑިޔާއިން ހާމަ ކުރާގޮތުގައި އިންޑިޔާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީގެ ފަރާތުން ފުލުހުންނަށް ލިބުނު 10 ސްކޮލަޝިޕް ފުރުސަތުގައި މަތީ ތަޢުލީމު ހާސިލްކުރުމަށް ފުލުހުން އިންޑިޔާއަށް ފުރާފައިވަނީ އޮގަސްޓް މަހުގެ 19 އަދި 26 ވަނަ ދުވަހުއެވެ.

މި ސްކޮލަޝިޕްތަކަށް މުވައްޒަފުން ހޮވާފައިވަނީ ކޯސްތަކަށް ޝައުޤުވެރިވާ މުވައްޒަފުން ހޯދުމަށް ޢިއުލާންކުރުމަށްފަހު ކޯހަށް ކުރިމަތިލާފައިވާ މުވައްޒަފުންގެ ތެރެއިން އެންމެ މަތީ މާކްސް ލިބުނު މުވައްޒަފުންނެވެ. އެގޮތުން މި ސްކޮލަޝިޕްތަކަށް ހޮވޭ މުވައްޒަފުންނަށް ފުލުހުންގެ މުއައްސަސާގެ ފަރާތުން އިންޑިޔާއަށް ދިޔުމަށް ދެކޮޅު ޓިކެޓާއި އެމުވައްޒަފެއްގެ ރޭންކަށް ކަނޑައެޅިފައިވާ މުސާރައާއި އެލަވަންސްތައް ވަނީ ހަމަޖައްސައި ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އިންޑިޔާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީން ފުލުހުންނަށް ލިބުނު ސްކޮލަޝިޕް ފުރުޞަތުތައް ލިބުނު އިތުރު ފުލުހުންނާއި ކޯސްތަކުގެ ތަފްސީލްތައް:

ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ބިލާލް – މާސްޓަރ އޮފް ފޮރެންސިކް ސައިންސް

ޕޮލިސް ސާޖަންޓް ސުޖާޢު އަދުނާން – ބީޓީއީސީ އިލެކްޓްރިކަލް އިންޖީނިއަރިންގ

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޢަހްމަދު ޢަބްދުލް ރަޙްމާން – ބީޓީއީސީ އޮޓޯމޯބައިލް އިންޖީނިއަރިންގ

ޕޮލިސް ސްޓާފް ސާޖަންޓް މުހައްމަދު އަޝްރަފް – ބެޗްލަރ އޮފް ކޮމްޕިއުޓަރ ސައިންސް

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޙުސައިން ފިރާޒް – ބެޗްލަރ އޮފް ޖަރނަލިޒަމް އެންޑް މާސް ކޮމިއުނިކޭޝަން

ޕޮލިސް ސްޓާފް ސާޖަންޓް ޝަހުދު ޢަބްދުﷲ – ބެޗްލަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަންސް

ޕޮލިސް ސާޖަންޓް މުޙައްމަދު އިބްރާހިމް – ބެޗްލަރ އޮފް ފިޒިކަލް އެޑިއުކޭޝަން، ހެލްތު އެޑިއުކޭޝަން އެންޑް ސްޕޯޓްސް

ޕޮލިސް ލާންސް ކޯޕްރަލް އިސްމާޢީލް ޝަފީޤް – ބެޗްލަރ އޮފް ސައިންސް އިން ބައޯޓެކްނޮލޮޖީ

ފުލުހުންގެ މީޑިޔާއިން ހާމަ ކުރާ ގޮތުގައި ފުލުހުންނަށް މިލިބުނު މި ސްކޮލަޝިޕްތަކުގެ ތެރޭގައި ހިމެނެނީ 1 މާސްޓަރސް އަދި 09 ޑިގްރީ ޕްރޮގްރާމެކެވެ. އެގޮތުން މި ސްކޮލަޝިޕްތަކުގެ ތެރެއިން 2 ކޯހެއްގެ ޓިއުޝަން ފީ އާއި 8 ކޯހެއްގެ 50 އިންސައްތަ ޓިއުޝަން ފީ ދިނުމަށް ހަމަޖެހިފައިވަނީ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީންނެވެ. މި ފުރުސަތުތަކުގެ ތެރެއިން އެޔުނިވަރސިޓީން 100 އިންސައްތަ ޓިއުޝަންފީ ހަމަޖައްސާފައިވަނީ ފޮރެންސިކް ސައިންސް އާ ގުޅުންހުރި ދެ ކޯހަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355