twitterviber whatsapp telegramfacebookyoutube instagram
20th May 2025

ހާއްސަ މެޗަށް ގަލޮޅު ދަނޑު ގުގުމާލުމަށް ކުޅުދުއްފުށީ ސަޕޯޓަރުން ނައްޓާލައިފި

Aug 28, 2016

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މުޅި ރާއްޖޭގެ ސަމާލުކަން ހޯދި ކުޅުދުއްފުށީ ޓީމްގެ ސަޕޯޓަރުން، މާދަމާ ރޭ އޮންނަ ހާއްސަ މެޗަށް ސަޕޯޓްކުރުމަށް މިއަދު ހަވީރު ކުޅުދުއްފުށިން ފުރައިފި އެވެ.

މިއަދު ހަވީރު ފުރި ބާދުޝާހް ބޯޓުން 220 ސަޕޯޓަރުން ވަނީ ފުރައިފަ އެވެ. އަދި މާލޭއިން ސަޕޯޓަރުންނާ ގުޅުމަށް ކުޅުދުއްފުށީގެ 150 ސަޕޯޓަރުންވަނީ ނަންނޯޓްކޮށްފަ އެވެ.

ސަޕޯޓަރުން މިއަދު ހަވީރު ފުރުމުގެ ކުރިން ނަގާފައިވާ ސެލްފީއެއް–

 

ކުޅުދުއްފުށިން މިއަދު ހަވީރު ފުރި ބޯޓުގެ ދަތުރަކީ ސަޕޯޓަރުންނަށް ހާއްސަ ދަތުރެކެވެ. އެ ބޯޓު ފުރާލާފައިވަނީ ވެސް ކުޅުދުއްފުށީ ފުޓްބޯޅަ ސަޕޯޓަރުންނާއެކު އެވެ.

ކުޅުދުއްފުށީ ސަޕޯޓަރުންގެ ސްޓިއަރިން ކޮމިޓީގައި އިސްކޮށް މަސައްކަތްކުރާ އަބްދުލްރަޝީދު ސައީދު (އަބްސީ) ކޭއޯ އަށް މައުލޫމާތުދެމުން ބުނީ ގައުމީ ޓީމުގެ މެޗަށް މާދަމާ ރޭ ގަޑިއިރު ކުރިން ދަނޑަށް ވަދެ ތައްޔާރީތައް ވާނެ ކަމަށެވެ. އަދި އެކަމުގެ ހުއްދަވެސް އެފްއޭއެމް މިހާރު ލިބިފައިވާ ކަމަށެވެ.

އަބުސީ ބުނީ ކުޅުދުއްފުށިން ފެނުނު ސަޕޯޓަށްވުރެ މާ ފުރިހަމަ ރަނގަޅު ސަޕޯޓެއް މާދަމާ ގަލޮޅު ދަނޑުން ދައްކާލެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

އަބުސީ ބުނީ ހާއްސަ މެޗަށް ކުޅުދުއްފުށީ ސަޕޯޓަރުންގެ ވަރަށް ހާއްސަ އެދުމެއް ވެސް އެބައޮތް ކަމަށާއި އެއީ އެ މެޗަށް ވަންނަ އެހެން ސަޕޯޓަރުންނާއި ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ކުޅުދުއްފުށީ ސަޕޯޓަރުންގެ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވުން ކަމަށެވެ. އެގޮތުން “ވައިކިން ކްލެފް” ގައި މުޅި ދަނޑު ބައިވެރިވުމަށް އެދުނެވެ.

ކުޅުދުއްފުށީ ޓީމުގެ ސަޕޯޓަރުންތަކެއް —

 

ކުޅުދުއްފުށީ ސަޕޯޓަރުން މާލޭ މިދަނީ މާދަމާ ރޭ ކުޅޭ ހާއްސަ މެޗަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހްމަދު ޠާރިގް  ހާއްސަ ދައުވަތަކަށް ގޯލްޑަން ޓިމަށް ސަޕޯޓްކުރުމަށެވެ.

އަބުސީ ބުނީ ގޯލްޑަން ޓީމަށް ސަޕޯޓްކުރުމަށް މާދަމާ ބޭނުންކުރަޖނީ ރަތްކުލަ ކަމަށާއި ގަލޮޅު ދަނޑަށް މެޗު ބައްލަވަން ވަންނަ ހުރިހާ ފަރާތްތަކުން ރަތްކުލައިގެ އެއްޗެއް ލައިގެން ދަނޑަށް ވަޑައިގަތުމަށް އޭނާ އެދިލެއްވި އެވެ. އަބުސީ ބުނީ ފޭސްޕެއިންޓާއެކު ސައިޑް ޑްރަމުގެ އަޑާއެކު މުޅި ސްޓޭދިއަމް ގުގުމާލާނެކަމަށެވެ.

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355