twitterviber whatsapp telegramfacebookyoutube instagram
17th July 2025

އޭސީސީގެ އެންގުމާއި ދެކޮޅަށް ހަނިމާދޫ ކައުންސިލުން އަމަލުކުރާ މައްސަލަ ބަލަނީ

Aug 28, 2016

ހަނިމާދޫ އީދު ކުޅިވަރަށް ހަމަޖައްސި ބަޖެޓުން ހަރަދު ކުރުން މަޑުޖައްސާލުމަށް އެސީސީއިން އަންގާފައި ވަނިކޮށް އީދު ކުޅިވަރަށް 875،000 ރުފިޔާ ރައްޔިތުންގެ މާލިއްޔާއިން ހަރަދުކުރުމަށް ހަނިމާދޫ ކައުންސިލުން ނިންމި މައްސަލަ ބަލަމުންދާކަމަށް އެސީސީއިން ބުނެފި އެެވެ.

އެ ކޮމިޝަންގެ ނައިބް ރައީސް މުއައްޒިވް ރަޝީދު “އަވަސް” އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭސީސީއިން އަންގާފައިވަނިކޮށް ވެސް އެ އަދަދަށް ފައިސާ ހަރަދުކުރަން އެ ކައުންސިލުން ނިންމި ހަބަރު މީޑިއާތައް މެދުވެރިކޮށް ލިބިފައިވާ ކަމަށާއި އެމައްސަލަ މިހާރު ބަލަމުން ދާކަމަށެވެ.

މީގެ އިތުރުން މި މައްސަލައާއި ގުޅޭ ލިޔެކިޔުންތައް މިހާރު ކޮމިޝަނަށް ލިބިފައިވާ ކަމަށާއި އެހެންކަމުން އެ ލިޔެކިޔުންތަކުގައިވާ މައުލޫމާތުތައް ބަލައި، މައްސަލަ ދިރާސާކުރުމުގެ މަސައްކަތް މިހާރު އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.

އޭސީސީއިން މީގެކުރިން ވެސް އެ ކޮމިޝަނުން ވަނީ އެ އަދަދަށް އީދު ކުޅިވަރަށް ފައިސާ ހަރަދުނުކުރުން މަޑުޖައްސާލުމަށް ހަނިމާދޫ ކައުންސިލަށް އަންގާފަ އެވެ. ނަމަވެސް އޭސީސީގެ އެ އެންގުމާ ހިލާފަށް މިދިޔަ ބުދަ ދުވަހު އެ ކައުންސިލުން ވަނީ އީދު ކުޅިވަރަށް 875،000 ރުފިޔާގެ ބަޖެޓެއް ކައުންސިލްގެ ހަތަރު މެންބަރުންގެ އިއްތިފާގުން ކަނޑައަޅާފަ އެވެ.

މި މައްސަލަ ދިރާސާ ކުރުމަށްފަހު އެ މައްސަލާގައި ކޮމިޝަނުން ނިންމާ ގޮތެއް ހަނިމާދޫ ކައުންސިލަށް އަންގާނެ ކަމަށް އޭސީސީއިން ހާމަ ކުރައްވަ އެވެ.

ކައުންސިލްގެ ބަޖެޓުން މިހާ ބޮޑު އަދަދެއްގެ ފައިސާ ކުޅިވަރަށް ހަރަދުކުރާ މައްސަލާގައި އެ ކައުންސިލްގެ ރައީސް އާދަމް އިބްރާހިމް ވަނީ ކައުންސިލުގެ ރައީސް ކަމުން އިސްތިއުފާ ދެއްވާފަ އެވެ.

ހަނިމާދޫ ކައުންސިލުން މިހާބޮޑު އަދަދެއްގެ ފައިސާ ހަރަދު ކުރަން ނިންމާފައިވަނީ އެ ރަށަށް އީދު ކުޅިވަރު ކުޅުމަށް އަންނަ ފަރާތްތަކަށެވެ. އެ ރަށުގައި އީދުގެ ކަންކަން އިންތިޒާމްކުރަނީ އެ ރަށުގެ ޖަމިއްޔާއެއް ކަމަށްވާ ސާއްބަ ޖަމިއްޔާއިންނެވެ. ސާއްބަ ޖަމިއްޔާއިން ވަނީ އީދު ކުޅިވަރަށް ކައުންސިލްގެ އެއްބާރުލުން ހޯދުމަށް ލިޔުމެއް ކައުންސިލަށް ހުށަހަޅާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355