ހަސަން މެރިން އިން މެއިން ސްޕޮންސަރ ކޮށްގެން ބޭއްވި އެމްވީ ޓްވިޓްސަލް ފުޓްބޯޅަ މުބާރާތް ނިމިއްޖެ އެވެ.
ޖުމްލަ 8 ޓީމް ބައިވެރިވި މި މުބާރާތުގައި މިއަހަރު ފިރިހެން ބައި ޗެމްޕިއަންކަން ހޯދީ ޓީމް މޫޝާން އެވެ. އަންހެން ބައި ޗެމްޕިއަންކަން ހޯދީ ކަން ޓޫ ޓޯންސްއިންނެވެ.
މޫސާން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ކްރެކަން އެޑްވެންޗާސްގެ މައްޗަށް ޕެނަލްޓީ ޖައިގެން 3-1 ގޯލުން ކާމިޔާބު ހޯދައިގެންނެވެ.
ޕެނަލްޓީ އަށް ދިޔައީ ފައިނަލް މެޗްގެ ފުރަތަމަ ވަގުތު ހަމަވީއިރުވެސް ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ.
އަންހެން ތިން ޓީމު ވާދަ ކުރި މުބާރާތުގެ ފައިނަލުގައި ޓޫޓޯންސް ކާމިޔާބު ހޯދީ ޓީމް ކުރަހާ ރާއްޕޭގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ރާއްޖޭގެ ޓްވިޓާ ކޮމިޔުނިޓީ އިން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މި ފުޓްސެލް މުބާރާތް ބާއްވާ މިއީ 7 ވަނަ އަހަރެވެ.