twitterviber whatsapp telegramfacebookyoutube instagram
13th April 2026

ނޭކުރެންދޫއިން ދަނޑުވެރިކަމަށް އެއްލައްކަ އަކަފޫޓްގެ ބިން ދޫކުރަނީ

Aug 29, 2016

ހދ ނޭކުރެންދޫއިން 100000 އަކަފޫޓްގެ ބިން ދަނޑުވެރިކަމަށް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

މި މަހު 24 ވަނަ ދުވަހު އެކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ފްރޮޕޯސަލް ހުށައެޅުމަށް ބޭނުންވާ ފަރާތްތަކުން މި އޮގަސްޓް މަހު 31 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އެ އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރުމަށްފަހު އަންނަ ސެޕްޓެމްބަރ މަހު 4 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހުށައެޅުމަށެވެ.

އެގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށް އިއުލާނުގައި ވެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 6520042 ނަންބަރަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް އެކައުންސިލުން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355