twitterviber whatsapp telegramfacebookyoutube instagram
20th May 2025

މާރުކޭޓް އަޅައި ސަރަހައްދު ސާފުކުރަން ފެށިތަނާ މަޑުޖައްސާލަން ކައުންސިލުން އަންގައިފި

Aug 29, 2016

ކުޅުދުއްފުށީ ލޯކަލް މާރުކޭޓް އަޅައި ސަރަހައްދުގެ ބިން ސާފުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރު ފެށިތަނާ އެމަސައްކަތް މަޑުޖައްސާލުމަށް ކުޅުދުއްފުށީ ކައުންސިލުން އަންގައިފި އެވެ.

މާރުކޭޓް އަޅަ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިއަދު އެކްސަކަވޭޓަރެއް ބޭނުންކޮށްގެން ފެށީ މަޝްރޫއު ކާމިޔާބުކޮށްފައިވާ އެސްޖޭއޭ ކޮންސްޓްރަކްޝަނުންނެވެ. ފެށިތަނާ މާގިނައިރުތަކެއް ނުވަނީސް ކުޅުދުއްފުށި ކައުންސިލްގެ ރައީސް ސޮއެ ކުރައްވާ އެސްޖޭއޭއަށް ފޮނުވި ލިޔުމެއްގައި ވިދާޅުވެފައިވަނީ މާރުކޭޓް އަޅައި ބިމުގެ މަސައްލަ ޖެހި ކަނޑައެޅިފައިނުވާތީ މަސައްކަތް އިހަށް މަޑުޖައްސާލުމަށެވެ.

މާރުކޭޓް ފުރަތަމަ ވެސް އަޅަން ހަމަޖެއްސީ “ވަނި” އިމާރާތުން ފެށިގެން އުތުރަށްވާ ބިމުގަ އެވެ.  ބިން ކަނޑައެޅުމުގައި މައްސަލަ ޖެހުނީ އެތަނުގައި ހޮޅުއައްޓެއް ނަގަން ޖެހުމުންނެވެ. ހޮޅުއަށީގެ ބޭނުންކުރާ ފަރާތްތަކުން ވަނީ އެހޮޅުއައްޓަށް ނާރާގޮތަށް ބިން ހަމަޖެއްސުން އެދި 100 ވުރެ ގިނަ މީހުން ސޮއެކޮށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ. އަދި އެޕެޓިޝަނާ ގުޅިގެން ކައުންސިލުން ބައްދަލުވުމެއް ބާއްވާ އެހޮޅުއަށީގެ އުތުރުން ދެ ހޮށިއަށި ދޭތެރޭއަށްވާ ގޮތްތަށް މާރުކޭޓް އަޅަން މިދިޔަ ހަފްތާތެރޭވަނީ ނިންމާފަ އެވެ.

އެހެން ކައުންސިލުން ނިންމާފަވަނިކޮށް މާރުކޭޓް އަޅަސަރަހައްދު ފާހަގަކޮށް ކޮންޓްރެކްޓަރަށް ބިން ދައްކަން ގޮސްފައިވަނީ ކައުންސިލުންގެ ބިމާ ބެހޭ ސެކްޝަންގެ މުވައްޒަފަންނެވެ.

ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ އެސަރަހައްދުގައި ހޮޅުއައްޓެއް މާރުކޭޓަށް އަރާތީ އެހޮށިއަށި ބޭނުންކުރާ ފަރާތްތަކުގެ ކަންބޮޑުވުންފާޅުކޮށްފައިވާތީ، ކައުންސިލުން ވަނީ މާރުކޭޓް އަޅާ ލޮކޭޝަން ބަދަލުކޮށްފައިކަމަށެވެ.

” ލޮކޭޝަން ބަދަލުކޮށްފަ ހުއްޓާ އަޅުގަނޑުމެން ބަދަލުކުރި ބަދަލުކުރުމާ އެއްގޮތަކަށް ނޫން ކައުންސިލްގެ ބިމާ ބެހޭ ސެކްޝަނުން ގޮސް ރޯނު ދެމީކީއެއް” އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާރުކޭޓް އެޅުން ކައުންސިލުން ހުއްޓުވީކީ ނޫން ކަމަށާއި މިހެން ކުއްލިއަކަށް ދިމާވާ ކަންކަމުގައި ބައެއް ރަށްރަށުންވެސް ކޮންޓްރެކްޓަރުންގެ މަސައްކަތް މަޑުޖައްސާލަން އަންގާކަމަށް އަލީ ވިދާޅުވި އެވެ. އަދި އެގޮތުން ދިމާވި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިހަފްތާ ތެރޭ ގޮތެއް ނިންމާ ކޮންޓްރެކްޓަރާ ބިން ހަވާލުކުރާނެ ކަމަށް އަލީ ވިދާޅުވި އެވެ.

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355