– ނަސްވާ ހަސަން
މުޅި ރާއްޖެއަށް މޫސުން ގޯސްވެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވްއިޓް އެލާޓް ނެރެފި އެވެ.
މިއަދު 10:00 ގައި މެޓް އޮފީހުން ނެރެފައިވާ އެލާޓުގައި ބުނެފައި ވަނީ ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރެވޭގޮތުގައި، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނއެވެ. އަދި ވިލާގަޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލާ 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާކަމަށް ވެއެވެ.
ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއް ގަދަވާނެއެވެ. ވީމާ އެންމެހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެތް އޮފީހުން ދަންނަވައެވެ.