twitterviber whatsapp telegramfacebookyoutube instagram
14th August 2026

އިޚްލާސް ޤުރުއާން ކުލާހުން ސްކޮލަޝިޕު ސްކީމެއް ތާއާރަފް ކޮށްފި

Aug 29, 2016

އިޚްލާސް ޤުރުއާން ކުލާހުން ސްކޮލަޝިޕް ސްކީމެއްގެ ދަށުން އެޑްވާންސް ސްޓްފިކެޓް އިން ޓީޗިން ގުުރުއާން ކޯސް ހެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެގޮތުން މާލޭހެ ހުރެގެން މި ކޯސް ފުރިހަމަކުރުމުގެ ފުުރުސަތު ދެވޭނީ 2 ކުދިންނަށް ކަމަށާއި މި ސްކޮލާޝިޕަށް ކުދިން ހޮވާނީ އޮޑިޝަނެއް ބޭއްވުމަަށް ފަހު ކަމަށް އެ ކުލާހުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވެއެވެ.

މި ސްކީމްގެ ދަށުން ޓިއުޝަން ފީ ދައްކައި ދިނުމުގެ އިތުރުން އެލަވަންސެއްގެ ގޮތުގައި ކޮންމެ ކުއްޖަކަށް މަަހަކު 1500 ރުފިޔާ ދެވޭނެކަމަށާއި މި ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުން ކިޔަވާ ނިމުމަށްފަހު މަދުވެގެން 1 އަހަރު އިޚްލާސް ޤުރުއާން ކުލާހުގައި ވަޒީފާ އަދާކުރަންޖެހޭނެ ކަމަށްވެސް މި އިއުލާނުގައި ވެއެވެ.

އެގޮތުން މި ކަމަށް ޝައުގުވެރިވާ 16 އަހަރާ 30 އަހަރާ ދެެމެދުގެ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ލިބިފައިވާ ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާ އެކު 2016 ސެޕްޓެމްބަރ 8 ވާ ބުރާސްފަތި ދުވަހު ދުވަހުގެ ރޭ 22:30 ކުރިން އިޚްލާސް ޤުރުއާން ކުލާހަށް ސިޓީއަކުން ހުށައެޅުމަށް އިއުލާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355