ކުޅުދުއްފުށީ މަގުތައް ރަނގަޅު ފެންވަރަަކަށް ހެދުމަށް ކުރަމުންގެންދާ މަޝްރޫއުގެ ދަށުން އަލުން މަސައްކަތްތައް ފެށުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓުން(އެމްއާރުޑިސީ) ދަނީ ތައްޔާރީތަކެއްވަމުންނެވެ.
ފެށޭ މަހު ކުޅުދުއްފުށީގެ މަގުތައް ހެދުމަށް އެމްއާރުޑީސީ ކުރަމުންގެންދާ މަސައްކަތްތައް ކޭއޯ އާ ހިއްސާކުރަމުން އެކުންފުނީގެ މީޑިއާ ކޯޑިނޭޓަރު ޝާރިފް މުހައްމަދު މިއަދު ވިދާޅުވީ ކުޅުދުއްފުށީ މަގުތައް ސެޕްޓެމްބަރުމަހު އަލުން ފެށުމަށް ތައްޔާރީތަކެއް ވަމުންދާ ކަމަށާއި އެގޮތުން މަގުތައް ލެވެލް ކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް ޝާރިފް ވިދާޅުވި އެވެ.
ޝާރިފް ވިދާޅުވީ މަގުތައް ލެވެލް ކުރުމުގެ މަސައްކަތް މިހަފްތާ ނޫނީ އަންނަ ހަފްތާ ކުރީކޮޅު ނިންމާލެވޭނެ ކަމަށެވެ. އަދި މަގުތައް ހެދުމަށް ބޭނުންވާ ބައެއް ސާމާނު މިހާރު ކުޅުދުއްފުއްޓަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ 13 މަގެއް މި މަޝްރޫއުގެ ދަށުން ހެދުމަށް ހަމަޖެހިފައިވާއިރު މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ.