އަޟްހާ އީދަ ފަހު ލިބޭ ބަންދަށް 15 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަސްވެސް އިތުރުކޮށްފި އެވެ.
ސެޕްޓެމްބަރު 10 ވާ ހޮނިހިރު ދުވަހަކީ މި އަހަރުގެ ހައްޖު ދުވަހަށް ވާއިރު ޖެހިގެން އަންނަ އަޟްހާ އީދު ބަންދުގެ ގޮތުގައި އާންމުކޮށް އިންނަނީ 3 ދުވަހެވެ. ނަމަވެސް މި ސެޕްޓެމްބަރު 15 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މިހާރު ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައިވާ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2016 ސެޕްޓެންބަރު މަހުގެ 2 ވާ ހުކުރު ދުވަހަކީ މި އަހަރުގެ ޛުލްޙިއްޖާ މަހުގެ1 ވަނަ ދުވަސްކަމަށް ސަޢޫދީޢަރަބިއްޔާ ސަރުކާރުން އިޢުލާން ކުރައްވައިފި ނަމަ، ސެޕްޓެންބަރު މަހުގެ 15 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމެވި ކަމަށެވެ.
މީގެ އިތުރުން ސެޕްޓެމްބަރު އަށެއް ވާ ބުރާސްފަތި ދުވަހު ސަރުކާރު ބަންދުވާ އިރު އެދުވަހުން ފެށިގެން ސެޕްޓެމްބަރ 17 ވަނަ ދުވަހާއި ހަމައަށް ސަރުކާރު ބަންދު ދުވާނެއެވެ.