ހއ.އަތޮޅުގައި ރިނިއުއަބަލް އެނާޖީ ހައިބްރިޑް ޕަވަރ ޕްލާންޓްތަކެއް ޤާއިމްކުރާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.
ރިނިއުއަބަލް އެނަރޖީ ހައިބްރިޑް ޕަވަރ ޕްލާންޓްތަކެއް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލް ކޮށްދީ ބަލަހައްޓައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައިވާލާފަ އެވެ.
މި ބީލަމުގައި ބައިވެރިވުމަށް 100.00 (ސަތޭކަ) ޔޫ.އެސް.ޑޮލަރގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 31 އޮގަސްޓު 2016 އިން 13 އޮކްޓޫބަރު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް ފިނޭންސް މިނިސްޓްރީންނެވެ.
މި ޕްރޮޖެކްޓްގެ މަގުސަދަކީ މި ރަށްތަކުގައި ބޭނުންކުރެވޭ ޑިސަލް ޕަވަރ ޕްލާންޓްތައް އޮޓޮމޭޓްކުރުމާއި ޕަވަރ ޑިސްޓްރިބިއުޝަން ގްރިޑްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން ހއ.އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށެއްގެ ޑީސަލް ޕަވަރ ޕްލާންޓްތަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ވެއެވެ.
މިއީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ ލޯނު އެހީގައި ހިންގަމުންދާ ޕްރިޕެއަރިންގ އައޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓްގު ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
މި މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ ޑިސެންބަރު 2016 އިން ސެޕްޓެންބަރު 2017 އަށެވެ.